ޔޫއޭއީއަށް ތޯރިގް، ގަތަރަށް އާދަމް ޝާރީފު އައްޔަން ކުރަން ރުހުން ދީފި
ދެންމެ | 15 ޖޫން 2026

މިދިޔަ ކައުންސިލް އިންތިހާބުން ސަރުކާރަށް ނާކާމިޔާބީ ލިބުމުން ކުއްލިއަކަށް ވަޒީރުކަމުންް އިސްތިއުފާދެއްވި އާދަމް ޝަރީފު އުމަރާއި ތާރިގު އިބްރާހިމް ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުން މަޖިލީހުން ރުހުންދީފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރަށް ބަދަލުތައް ގެންނަވާނެކަން ރައީސް މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި ހިމެނުނު އާދަމް ޝަރީފާއި ތާރިގު އިބްރާހިމް ވަޒީރުކަމުން ކުއްލިއަކަށް އިސްތިއުފާދެއްވީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެއަށްފަހު އާދަމް ޝަރީފް އުމަރާއި ތާރިގު އިބްރާހީމް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް މިދިޔަ މަހުގެ 27ގައި ވަނީ އައްޔަންކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާދަމް ޝަރީފާއި ތާރިގް އިބްރާހިމް ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވި މައްސަލާގައި މަޖިލީހުން މިއަދު ވަނޫ އެބޭފުޅުން ސަފީރުކަމަށް އައްޔަންކުރަން ރުހުންދީފައެވެ. އާދަމް ޝަރީފު އައްޔަންކުރަން ނިންމާފައިވަނީ ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށެވެ. ތާރިގް އައްޔަން ކުރަން ނިންމާފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!