ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) މަގާމުގެ ހުވާ ކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޯދިގުގެ މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ހުވާކުރެއްވުމަށްފަހު ސޯދިގު ވަނީ އިގުރާރުގައި ސޮއިކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާއަށް 2024 ވަނަ އިންތިހާބުވި އަޙްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވާކަމަށް ކުރި ހުކުމާ ގުޅިގެންނެވެ.
އެހެންކަމުން މިމަހުގެ 6 ވަނަ ދުވަހު ވަނީ އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވާފައެވެ. ރަސްމީ ނަތީޖާ ދައްކާ ގޮތުން ސޯދިގުއަށް 1375 ވޯޓު ލިބުނެވެ. ސޯދިގުއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓުް އަހުމަދު ސައީދަށް ލިބުނީ 1313 ވޯޓެވެ. ރައްޔިތުންގެ މަޖިލީހަށްް އޭނާ އިންތިހާބުވުމުން މަޖިލީހުގައި އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް އިތުރުވާނެ އެވެ.
ސޯދިގު ވަނީ އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު ތިން ދައުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުވެސް އަދާކުރެއްވި އެވެ.



