ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފި
ދެންމެ | 18 ޖޫން 2026

ސްކޭމް މައްސަލައެއްގައި މީހެއް ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނުކޮށްފިއެވެ.

ފުލުހުން ވީޑިއޯއަކާއިއެކު ކޮށްފައިވާ ފޯސްޓެއްގައި ބުނެފައިވަނީ، އޭގެން ފެންނަ މީހާއަކީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، ސްކޭމްގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

އަދި އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ކަޅުކުލައިގެ ޓީޝާތަކާއި ޖީންސެއްލައިގެން ހުރި ޒުވާން ފިރިހެނެކެވެ. އެ މީހާ އޭޓީއެމްއަށްވަދެ ލާރި ނެގުމަށް އުޅޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

އެފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!