ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި އޮތް ފިޔާ ބަސްތާއެއްގެ ވެރިފަރާތުން ތިން ދުވަހުގެ ތެރޭގައި އެއާއި ހަވާލުވުމަށް ކުޅުދުއްފުށީ ސިޓީ ޕޮލިހުން އެދިއްޖެއެވެ.
ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ފޭސްބުކް ޕޭޖުގައި ފިޔާ ބަސްތާއެއްގެ ފޮޓޯ ހިއްސާކުރަމުން ބުނެފައިވާ ގޮތުގައި، މި ފިޔާ ބަސްތާއަކީ އެ ސިޓީ ޕޮލިހަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެއްޗެއްކަމަށެވެ.
މި ފިޔާ ބަސްތާގެ ވެރިފަރާތުން 3 ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ނަންބަރު 9791382 އަށް ގުޅުއްވައި، އެއާއި ހަވާލުވުމަށް ކުޅުދުއްފުށީ ޕޮލިހުން ވަނީ އެދިފައެވެ.
ވަގަށް ނަގާފަައިވާ ކަމަށް ބެލެވޭތަކެތި ނުވަތަ ހަނދާންނެތިގެން އާންމުތަންކަށް ދޫކޮށްލާފައިވާވުމުން ގެއްލިދާނެކަމަށް ބެލެވޭ ތަކެތި ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް ވެެރިފަރާތާއި ހަވާލުކުރުމަށް ކުރިން ވެސް އަންނަނީ މިގޮތަށް ޢަމަލު ކުރަމުންނެވެ.



