ފުލުހުންނަށް ރިސްވަތު ހުށަހެޅި ދިވެހި ފިރިހެނަކު ޖަލަށް ލައިފި
ދެންމެ | 20 ޖޫން 2026

މަސްތުވާތަކެތި ގެންގުޅުނު މީހަކު ހިފެހެއްޓުމުން، އޭނާ ފުލުހުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ސާބިތުވުމުން ދިވެހި ފިރިހެނަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިދިޔަ މާރިޗު މަހު ހިނގި ހާދިސާއަކީ، އުތުރުގެ ރަށެއްގައި ޕެޓްރޯލް ކުރަން އުޅުނު ދެ ފުލުހަކަށް، އެ ރަށު މީހަކު ރިޝްވަތު ހުށަހެޅި ކަމަށް ކުރެވުނު މައްސަލައެކެވެ. ރިޝްވަތު ހުށަހެޅުމުގެ ތުހުމަތާ ގުޅިގެން ދައުލަތުންވަނީ އެ މީހާގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާކޮށްފައެވެ.

މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުވާ ލިބުނު މީހާ އަތުން ފެނުނު މަސްތުވާތަކެތި މޫދަށް އެއްލައިލައިދީފިނަމަ ބަދަލުގައި ފައިސާ ދޭން އެ މީހާ ހުށަހެޅިއެވެ. ދައުލަތުން، ދައުވާ ކުރީ އެހެންވެއެވެ.

މި މައްސަލައިގެ ޝަރިއަތުގައި ދައުވާ ލިބުނު މީހާވަނީ ކުށަށް އިއުތިރާފުވެ، އެންމެ ކުޑަ އަދަބެއް ދިނުމަށް އެދޭ ކަމަށް ބުނެފައެވެ. އޭނާގެ މައްޗަށް މި މައްސަލައިގައި އިއްވީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!