އެޗްޑީސީގެ 200 އެއްހާ މުވައްޒަފުންނަށް އިތުރަށް ފައިސާދެވިގެން އަބުރާ ހޯދަން ފަށައިފި
ދެންމެ | 21 ޖޫން 2026

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އިތުރަށް ބޯނަސް ދެވިފައިވާކަން އެނގި، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

މިދިޔަ 2024 ވަނަ އަހަރުގެ ފައިސާ މިދިޔަ ޑިސެމްބަރު މުވައްޒަފުންނަށް ދިން އިރު 200 އެއްހާ މުވައްޒަފުންނަށް ފައިސާ ދެވިފައިވަނީ އިތުރަށް ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ބޯނަސްގެ ގޮތުގައި 9،000 ލިބުނު ބައެއް މުވައްޒަފުންނަށް 18،600 ރުފިޔާ ވަނީ ދެވިފައެވެ. އަދި މިގޮތަށް އިތުރަށް ދެވުނު ފައިސާގެ އަދަދު މިލިއަނުން މައްޗަށް އަރާކަމަށް ވެއެވެ.

ބޯނަސް ފައިސާ އިތުރަށް ދެވުނީ މެނުއަލްކޮށް މަސައްކަތް ކުރުމުން މައްސަލައެއް އުޅޭތީ އެކަން ފާހަގަވެގެން ބަލަނިކޮށް ކަން ވަނީ އެނގިފައެވެ. އެހެން ކަމުން އިތުރަށް ފައިސާ ދެވުނު މުވައްޒަފުންގެ އަތުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެ އެވެ.

އަދި އެކަން ކުރަނީ މުވައްޒަފުންނަށް ފަސޭހަވާނެ ގޮތެއް ބަލާނެ ކަމަށް ވެ އެވެ. އެގޮތުން އެ ފައިސާ އަނބުރާ ދައްކަން ހަ މަސް ދުވަސް ނުވަތަ އަހަރު ދުވަހުގެ މުއްދަތެއް ނުވަތަ ދެން އަންނަ ބޯނަސްއަކުން އުނިކުރާ ކަހަލަ ގޮތަކަށް ހަދަން ވިސްނުން ގެންގުޅޭކަން ވަނީ އެނގިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!