ތިން ރައީސުން އެކުގައި ކުރެއްވުމަށް ކަނޑައެޅުއްވި މަސައްކަތް ފަނިވެއްޖެ
ދެންމެ | 05 ޖުލައި 2026

ނޫސްވެރިިކަމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި ގުޅިގެން މަސައްކަތް ކުރީގެ ތިން ރައީސުން ވެފައިވާ އެއްބަސްވުން ފަނިވެއްޖެ ކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވާހަކަފުދައްކަވައިފި އެވެ.

ތިން ރައީސުން ވެސް ކުރިން ވިދާޅުވެފައިވަނީ ގުޅިގެން މަސައްކަތް ކުރެއްވުމަށް ސްޓްރެޓެޖީތަކާއި ޓައިމްލައިނެއް އެކުލަވާލައްވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި މަންދޫބުންގެ ކޮމެޓީއެއް ވަނީ ކުރިން އެކުލައްވާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ތިން ރައީސުންގެ މަންދޫބުންގެ ކޮމިޓީން ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް އިތުރު މަސައްކަތްތަކެއް ކުރިއަށް ނުދާކަމަށެވެ.

ތިން ރައީސުން ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުދެއްވުން މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެހެންކަމުން ތިން ރައީސުން ގުޅިގެން މުހިއްމު ސިޔާސީ މަސައްކަތްތަކެއް ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!