އައްޑޫގައި ހިތަށް ފަރުވާ ކުރާ ކުލިނިކެއް ހުޅުވައިފި
ދެންމެ | 09 ޖުލައި 2026

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކާޑިއަކް އިމްޕްލާންޓެބަލް އިލެކްޓްރޯނިކް ޑިވައިސް (ސީއައިއީޑީ) ފޮލޯއަޕް ކްލިނިކެއް ހުޅުވައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މި ކްލިނިކް ހުޅުވާފައިވަނީ ނޭޝަނަލް ސެންޓާ ފޯ ކާޑިއޯވަސްކިއުލާ ސައިންސަސް (އެންސިސީއެސް) ގެ އެއްބާރުލުމާ އެކު ކަމަށެވެ.

މި ކްލިނިކަށް އެންސީސީއެސް އިން ޒިޔާރަތްކޮށް އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޓީމާ އެކު، ހަ ކޮރޮނަރީ އެންޖިއޯގްރާމާއި ދެ ކޮރޮނަރީ އެންޖިއޯޕްލާސްޓީ ހަދާފައިވާކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ. އެގޮތުން އެތަނުން ހިދުމަތް ދިން މީހުން ތެެރޭގައި ހިމެނެނީ ފުވައްމުލަކުގެ ތިން މީހަކާއި އައްޑޫ ސިޓީގެ ހަތަރު މީހެކެވެ.

އައިޖީއެމްއެޗުން ބުނީ ހިތިގެ ފަރުވާއާ ގުޅޭ ކްލިނިކް އައްޑޫގައި ހުޅުވުމަކީ ހިތުގެ ފަރުވާގެ ހިދުމަތްތައް އެ ސަރަހައްދުގައި ފުޅާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އެ ހިދުމަތްތަކުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ސަރަަހައްދުގެ ބަލިމީހުން ފަރުވާއަށް މާލެއަށް ދަތުރުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެކަމަށާއި ބަލި މީހުންގެ ބަލި ފަސޭހައިން ދެނެގަނެ، ފަރުވާގެ ކަންކަން އަވަސްކުރުމާއި ދިގު މުއްދަތެއްގައި ފޮލޯއަޕްގެ ކަންކަންވެސް ކުރިއަށް ގެންދިއުމުގެ އިންތިޒާމު ފަސޭހަވެގެންދާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!