ދިވެހި އިގްތިސާދު ބަގުރޫޓުކޮށް، ބައިތުލްމާލް ބަގަޅާލި ވެންޓިލޭޓަރ ވަގު އަމީރާއިއެކު އީވާ އާއި އިލްޔާސް ބީޗްގައި ޑޮލަރުލައިގެން ހުތުރު ގަނޑެއް ގަނެފި
ދެންމެ | 13 ޖުލައި 2026

ދިވެހި އިގްތިސާދު ބަގުރޫޓުކޮށް، ބައިތުލްމާލް ބަގަޅާލި ވެންޓިލޭޓަރ ވަގު އަމީރާއިއެކު އީވާ އާއި އިލްޔާސް ބީޗްގައި ޑޮލަރުލައިގެން ހުތުރު ގަނޑެއް ގަނެފި އެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި އަމީރަކީ ބޮޑުވަގެއް ކަމަށް އެތައްފަހަރަކު މިއުޅޭ އީވާ ވެސް ވަނީ ގޮވާފަ އެވެ.

އިބޫ ވެރިކަން ވައްޓާލުމަށް އަމީރާއި ފައްޔާޒަށް މިވެރިން ނުގޮވާކަށް އެއްޗެއް ނެތެވެ. މިގޮތުން ނަސީދު ވެސް ވަނީ އަމީރު މަޖިލީހަށް ވައްކަމުގެ ރަސީދެއް ފޮނުވާފައިވާ ކަމަށް ބުނެ ހަޅޭލަވާފަ އެވެ.

އިދިކޮޅު އެމްޑީޕީން ”ޑޮލަރެއް ނެތް“ މި ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ހުސް ގޮނޑިތަކެއް ހުރުމުން ފާޑު ކިއުން ފަށައިފަ އެވެ.

އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ވާހަކަ ދައްކަވަން ތިއްބެވީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބެވެ. މި ޕެނަލް ޑިސްކަޝަންގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން ކަމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!