އީރާނުން ކުވައިތުގެ ތެޔޮ އުފައްދާ މަރުކަޒަކަށް ހަމަލާ ދީފިއެވެ.
މިއީ އެމެރިކާއިން އީރާނަށް ހުއްޓުމެއް ނެތި ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ކުވައިތަށް ދިން ހަމަލާއެކެވެ. މީގެ ކުރިން އީރާނާއެކު ގާއިމް ކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލައި، މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އެމެރިކާއިން ދަނީ އީރާނަށް ހަމަލާތައް ދެމުންނެވެ.
ރެއަކީ އެމެރިކާއިން އީރާނަށް މިގޮތަށް ހަމަލާ ދިން ހަތް ވަނަ ރެއެވެ.
މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ މެދުއިރުމަތީ ސަރަހައްދުގައި ހުންނަ އެމެރިކާގެ ތަންތަަނަށް ހަމަލާތައް ފޮނުވާލަައިފައެވެ.
ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނާ ގޮތުގައި ތެލުގެ ދާއިރާގެ މުހިންމު އެއް ތަނަށް އީރާނުގެ ހަމަލާތައް ތަކުރާރުކޮށް ދީފައިވާއިރު، އޭގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވެ ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
”އަނިޔާވި މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީ، އެތަނުން މީހުން ވަނީ ހުސްކޮށް، ހަމަލާއަށް ރައްދު ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ކޯޑިނޭޓްކޮށްގެން،“. އެ ބަޔާނުގައި ވެއެވެ.



