އީރާނުގެ ގަދަފަދަ ހަމަލާތަކުން ކާފަރު ޓްރަންޕާއި ބައިއަތު ހިފި ކުވެއިތު ފުޑުފުޑު އަރުވާލައިފި
ދެންމެ | 18 ޖުލައި 2026

އީރާނުން ދެމުންގެންދާ ރައްދު ހަމަލާތަކުގައި ޖެހިގެންއޮތް ކުވައިތަށް ވަރަށް ބޮޑުވަރު ކުރަމުން އެބަ ގެންދެއެވެ.

އެގޮތުން، ކުވައިތުގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ ބޭސްތަކާއި، އެމެރިކާ ސިފައިން ތިބޭ ތަންތަނުގެ އިތުރުން، ކުވައިތުގެ ސަލާމަތާ ގުޅޭ ތަންތަނާއި އަދި އިންޖީނުގެތަކާއި، ޑިސަލިނޭޝަން ޕްލާންޓްތަކަށްވެސް އީރާނުން ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އީރާނަށް ހަމަލާދޭން އެމެރިކާ ސިފައިން އެންމެ ބޮޑަށް ބޭނުންކުރާ އެއް ގައުމަކީ ކުވައިތެވެ. ކުވައިތުގެ ވައިގެ ސަރަހައްދާއި ކުވައިތުގެ ބިމުގެ ސަރަހައްދުގެ އިތުރުން، ކުވައިތުގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ ބޭސްތައް އީރާނަށް ހަމަލާދޭން ބޭނުންކުރަމުން ގެންދެއެވެ.

އެހެންވެ، އީރާނުގެ ލަޝްކަރުތަކުން ކެނޑިނޭޅި ގެންދަނީ އެމެރިކާގެ ބޭސްތަކަށް ހަމަލާ ދެމުންނެވެ. އެގޮތުން މިއަދު އެކަނިވެސް އެމެރިކާގެ ދެ ބޭހަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަ ހަމަލާތަކެއް ދީފައި ވެއެވެ.

ކުވައިތުގެ ވެރިރަށް ކުވައިތު ސިޓީއާއި، އެހެން ހިސާބުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑުތަކާއި، ނުރައްކަލުގެ ޑަނޑޫރާޖަހާ އަޑު ހުއްޓާނުލޭ އިވެމުންދާ ކަމަށް މީޑިއާއިން ބުނެއެވެ.

ކުވައިތު ޕެޓްރޯލިއަމް ކޯޕޮރޭޝަންގެ ސައިޓަކަށް އީރާނުން މިއަދު ހަމަލާދީ ގޮއްވާލާފައިވާއިރު، އެތަނުގައި ބޮޑު އަލިފާންގަނޑެއް ރޯވެ އަނދަމުން އެބަދެއެވެ. އެއީ ކުވައިތުގެ ތެލުގެ ސިނާއަތުގެ ވަރަށް މުހިންމު ސައިޓެއް ކަމަށް ވެއެވެ. ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެ ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް ކުވައި އަސްކަރިއްޔާއިން ބުނެއެވެ. ނަމަވެސް، ޒަޚަމްވި މީހުންގެ އަދަދުތަކެއް ހާމައެއް ނުކުރެއެވެ.

ކުވައިތުގެ ދެ އިންޖީނުގެއަކަށާއި، ދެ ޑިސަލިނޭޝަން ޕްލާންޓަކަށް އީރާނުން އިއްޔެއާއި މިއަދުވެސް ހަމަލާ ދީފައިވާއިރު، މިއަދުގެ ހަމަލާއަށްފަހު އެ ތަންތަނުގައި އަލިފާން ރޯވެފައި ވެއެވެ.

ކުވައިތުގައި ހުންނަ ކުވައިތު ފުލުހުން ތަމްރީނުކުރާ މައި އެކަޑަމީ ނުވަތަ ސައާދު އަލް އަބްދުﷲ އެކަޑަމީއަށް އީރާނުން މިއަދު ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދިނުމުގެ ސަބަބުން މުޅި އެ ތަނުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. މި ހަމަލާގައި މީހަކަށް ކަމެއް ވީކަމެއް ކުވައިތު ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ކުވައިތުގެ އިތުރުން، ބަހްރެއިނާއި، އުރުދުންގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރއަށް އަމާޒުކޮށްގެން އީރާނުން މިއަދު ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ.

އީރާނަށްދޭ ހަމަލާތައް އަންނަ އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށް އީރާނުން ހަމަލާތައް ދޭން މިފެށީ، އެމެރިކާ ސިފައިން އީރާނުގެ ބްރިޖްތަކާއި، އިންޖީނުގެތަކާއި، އެއަރޕޯޓްތަކާއި، ފެން ޕްލާންޓްތަކާއި، ރޭލުމަގުތަކަށްވެސް އެމެރިކާ ސިފައިން ހަމަލާދޭން ފެށުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެގޮތުންނެވެ. އީރާނުންގެ ހަމަލާތައް މިހާރު ގެންދަނީ އެހެން ގައުމުތަކަށްވެސް ފުޅާކުރަމުންނެވެ.

އީރާނުން ކުވައިތަށް ހަދަމުންދާ ގޮތަކީ، ސަރަހައްދުގެ އެހެން ގައުމުތަކަށް އީރާނުން ކަންތައް ކުރާނޭގޮތުގެ ނަމޫނާ ދައްކަން ދެމުންގެންދާ ގެއްލުންބޮޑު ހަމަލާތަކެއް ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާނުން ކުވައިތުގެ ނާޒުކު ތަންތަނަށް ހަމަލާދެމުންގެންދާތީ ގަލްފް ކޯޕަރޭޝަން ކައުންސިލް – ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް އަލްބުދައިވީ ވަނީ، އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ވިދާޅުވެ އީރާނުގެ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!