2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލްގައި، އާޖެންޓީނާ އަތުން 1-0 އިން ސްޕެއިން މޮޅުވެ، ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ފެނިގެންދިޔައީ އުފާފާޅުކުރުމުގެ ތެރޭގައި ﷲއަށް ޝުކުރު އަދާކޮށް ސަޖިދައަށް ދިޔަ މަންޒަރެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި، އެކްސްޓްރާ ޓައިމްގެ 106 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް ކާމިޔާބުކުރި ގޯލާއެކު ސްޕެއިނަށް ކާމިޔާބު ލިބުނުއިރު، ޔަމާލްގެ މި އަސަރުގަދަ މަންޒަރު ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ.
މި މެޗުގައި އާޖެންޓީނާގެ ކުޅުންތެރިންނާއި ސްޕެއިންގެ ކުޅުންތެރިންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ހިނގަމުން ދިޔަ ވަގުތެއްގައި ވެސް، ޔަމާލް ފެނުނީ އެކަންކަމާ ދުރުގައި، އިސްލާމްދީނުގެ އަގީދާގެ މަތީގައި ސާބިތުވެ ހުރެ ﷲއަށް ދުއާކޮށް ޝުކުރު ސަޖިދަ ކުރަނިކޮށެވެ.
މުސްލިމް ކުޅުންތެރިއެއްގެ ގޮތުގައި ޔަމާލް އޭނާ ކާމިޔާބުކުރާ ކޮންމެ މުހިންމު ލަނޑަކަށްފަހު މިގޮތަށް ސަޖިދަ ކުރުމަކީ އޭނާގެ އާދައެކެވެ.
ސްޕެއިންގެ މި ކާމިޔާބީއަކީ އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ލިޔެވިގެންދިޔަ ރަން އަކުރުތަކުން ފެށިގެން އައި ކާމިޔާބީއެއް ކަމުގައިވާއިރު، ޔަމާލްގެ މި އަމަލުން ދައްކުވައިދިނީ ކުޅިވަރުގެ ތެރެއިން ވެސް އަމިއްލަ އަގީދާއަށް ދޭ އަހައްމިއްޔަތުކަމެވެ.



