ބުރުސިޔަރު ދެފަޅީ ޑްރަގް އުފުލުމުން ފަޅިއަކަށް 25 އަހަރުގެ މަގުން 50 އަހަރަށް ޖަލަށްލައި ފަޅިއަކަށް ލައްކައެއްގެ މަގުން 2 ލައްކައަށް ޖޫރިމަނާ ކޮށްފި
ދެންމެ | 21 ޖުލައި 2026

އަޅައިގެން ހުރި ބްރާ ތެރޭގައި ފޮރުވައިގެން ވައިގެ މަގުން މަސްތުވާތަކެތި، އުފުލި ދިވެހި އަންހެނަކު 50 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

2024 ވަނަ އަހަރުގެ ޖޫން މަހު، މި އަންހެން މީހާ ހައްޔަރު ކުރީ ހަނިމާދޫ އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކޮށް ބެލި ބެލުމުން އޭނާ އެ ވަގުތު އަޅައިގެން ހުރި ބްރާގެ ތެރޭގައި ފޮރުވާފައި ހުރި ދެ ވައްތަރެއްގެ މަސްތުވާތަކެތި ފެނުނެވެ. މި މައްސަލައިގައި ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ، ޖަދުވަލު 1 ގައިވާ މަސްތުވާތާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދެ މައްސަލައިގެ ޝަރިއަތުގައިވެސް އަންހެން މީހާވަނީ ކުށަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި މައްސަލަ ސާބިތުވާ ކަމަށް ޝަރިއަތުން ނިންމީއެވެ.

މި ދެ މައްސަލައިގެ ތެރެއިން ކޮންމެ މައްސަލައެއްގައިވެސް އަންހެން މީހާގެ މައްޗަށް އިއްވާފައިވަނީ 25 އަހަރުގެ ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެކެވެ. މާނައަކީ ޖުމްލަ 50 އަހަރާއި، ދެ ލައްކަ ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!