އަތޮޅު ފިހާރަތަކެެއް ކުއްޔަށް ދިނުމަށް ބިޑަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަތޮޅު ފިހާރަތަކުގެ ތެރެއިން އަށް ފިހާރައެއް ކުއްޔަށް ދޫކުރަން ނިންމާފައިވާކަމަށެވެ. އަދި މި ތަންތަން ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
ކުއްޔަށް ދޫކުރާ އަތޮޅު ފިހާރަތައް
ކްރެސެންޓް 5 ނަންބަރު ފިހާރަ / (444.38 އަކަފޫޓު)
ކ. އަތޮޅު ފިހާރައިގެ ދެކުނުފެންޑާ / (597.54 އަކަފޫޓު)
ކ. އަތޮޅު ފިހާރަ ހުޅަނގުބައި / (321.62 އަކަފޫޓު)
ކ. އަތޮޅު ފިހާރައިގެ އިރުމަތީބައި މަތީބައި / (952.45 އަކަފޫޓު)
ފ. އަތޮޅު ފިހާރައިގެ ދެކުނުފެންޑާއާއި އެތަނުގެ މަތީބައި / (1095.08 އަކަފޫޓު)
ލ. އަތޮޅު ފިހާރައިގެ މަތީބައި / (630.83 އަކަފޫޓު)
ގއ. އަތޮޅު ފިހާރައިގެ އިރުމަތީބައި ދެކުނު ފެންޑާގެ ދެބައިކުޅަ އެއްބައި / (620 އަކަފޫޓު)
ގއ. އަތޮޅު ފިހާރައިގެ ހުޅަނގުބައި ދެކުނު ފެންޑާގެ ދެބައިކުޅަ އެއްބައި / (620 އަކަފޫޓު)
ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސޯލް ޕްރޮޕްރައިޓާޝިޕް، ޕާޓްނާޝިޕް އަދި ކުންފުނިތަކަށްކަމަށެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި 50,000 ރުފިޔާ ހުށަހަޅަންޖެހޭއިރު، ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 65 ރުފިޔާކަމަށެވެ. ބިޑް ހުށަހަޅަންޖެހެނީ ފިނޭންސް މިނިސްޓްރީގެ އެސެޓްސް އެންޑް ޓްރެޒަރީ ސެކްޝަނަށެވެ.
މި ފިހާރަތައް ހިފަން ބޭނުންވާ ފަަރާތްތަކުން ބިޑް ހުށައަޅަން ޖެހޭނީ އަންނަމަހުގެ ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހުއެވެ.



