ޖަޕާނުން ފުވައްމުލަކަށް ކޮމްޕޯސްޓުކުރާ މެޝިން ހަދިޔާކޮށްފިއެވެ.
ފުވައްމުލަކު ސިޓީން ކައުންސިލުން ބުނީ އެ ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން މިހާތަނަށް ކުރި މަސައްކަތުން، ޖަޕާނު ސަރުކާރުގެ އެހީގައި ގެނައި ކޮމްޕޯސްޓުކުރާ މެޝިނެއް ގެނެސްފައިވާކަމަށެވެ. އަދި މި މެޝިން މިހާރު އެ ސިޓީގައި ހުންނަ ވެމްކޯ ސައިޓަށް ގެންގޮސްފައިވާކަމަށެވެ.
މި މެޝިން ބޭނުންކޮށްގެން ކޮމްޕޯސްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވެމްކޯއިން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މެޝިން ވެމްކޯ ސައިޓަށް ގެންދިއުމުގައި ފުވައްމުލައް އެސް.ޓީ.އޯއާއި ހެވީ ފޯސް އަދި ސިޓީ ކޮންޓްރެކްޓަރުގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރާކަމަށް އެ ކައުންސިލުން ބުނެއެވެ.
ގުޅުންހުރި ލިޔުންތައް



