ދުނިޔޭގެ ފުޓުބޯޅަ ތާރީހުގައި އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ: ޔަމާލް
ދެންމެ | 22 ޖުލައި 2026

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ އާޖެންޓީނާގެ ލިއޮނަލް މެސީ ކަމަށް ސްޕެއިން އަދި ބާސެލޯނާގެ ތަރި ލަމީން ޔަމާލް ބުނެފިއެވެ.

ވޯލްޑް ކަޕް ފައިނަލަށްފަހު ވާހަކަދައްކަމުން ޔަމާލް ބުނީ، މެސީއާ ދެކޮޅަށް މިފަދަ މުހިންމު މެޗެއްގައި ކުޅެން ލިބުމަކީ ބުނެދޭން ނޭނގޭ ފަދަ އުފަލެއް ކަމަށެވެ.

”އޭނާއަކީ ތާރީޚުދުށް އެންމެ މޮޅު ކުޅުންތެރިޔާ، އަދި އަބަދުވެސް އަހަރެންނަށަ ނަމޫނާއެއް. މެޗު ނިމުމާއެކު އަހަރެންގެ ފުރަތަމަ ވިސްނުމަކަށްވީ އޭނާގެ ގާތަށް ގޮސް އޮތް އިހުތިރާމް އަދާކުރުން،“. ޔަމާލް ކިޔައިދިނެވެ.

ޔަމާލް އިތުރަށް ހާމަކުރި ގޮތުގައި، މެސީ ވަނީ އޭނާއަށް ވަރަށް ބޮޑަށް ހިތްވަރު ދީފައެވެ.

”މެސީ އަހަރެންގެ ގާތުގައި ބުނީ މިހާރު ހިނގަމުންދާ މަގުގައި ކުރިއަށް ދިއުމަށް. އަދި ފުޓުބޯޅައިގެ މުސްތަގުބަލު އޮތީ އަހަރެމެންގެ ޖީލަށް ކަމަށް އޭނާ ބުނި،“ ޔަމާލް ބުންޏެވެ.

މެސީގެ ފަރާތުން ލިބުނު މި ބަސްތަކަކީ އޭނާގެ ކެރިއަރު ނިމެންދެން ހިތުގައި ބާއްވާނެ އަގުހުރި ހަނދާންތަކެއް ކަމަށްވެސް ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ފާހަގަކުރިއެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޔަމާލްގެ ސްޕެއިން އާއި މެސީގެ އާޖެންޓީނާ ބައްދަލުކުރިއިރު، 1-0 އިން މެޗު ކާމިޔާބުކޮށް ސްޕެއިނުން ވަނީ ދުނިޔޭގެ ތަށި އުފުލާލާފައެވެ. މިއީ މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިން ބާސެލޯނާގެ ޗެރިޓީ ކަލަންޑަރެއްގެ ފޮޓޯއަކަށް މެސީގެ އަތްމަތީގައި އިން ތުއްތު ޔަމާލްގެ ހަޔާތުގައި އައި ވަރަށް ތާރީޚީ އަދި ފާހަގަކޮށްލެވޭ ވަގުތުކޮޅެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!