އަށް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ދެންމެ | 22 ޖުލައި 2026

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ގައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ހައި ކޮމިޝަނަރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

އައު ހައި ކޮމިޝަނަރުން، މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ހައި އެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.

 

ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވި ބޭފުޅުން:

1- ނަމީބިއާގެ އައު ހައިކޮމިޝަނަރު އެލެކްސް އެލް. ތުކުހުޕްވެލޭއާ.

 

2- ޑޮމިނިކަން ރިޕަބްލިކްގެ ނޮން-ރެސިޑެންޓް ސަފީރު ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހެނާންޑޭޒް.

 

3- ކިއުބާގެ ނޮން-ރެސިޑެންޓް ސަފީރު ޕެޓްރިޝިއާ ލާޒާރާ ޕެގޯ ގުއޭރާ.

 

4- ފިޖީގެ އައު ހައިކޮމިޝަނަރު ޖަގަންނާތު ސާމީ.

 

5- ކޮސޯވޯގެ ނޮން-ރެސިޑެންޓް ސަފީރު ލުލްޒިމް ޕްލާނާ.

 

6- ސޯމާލިއާގެ ނޮން-ރެސިޑެންޓް ސަފީރު ޑރ. އަބްދުﷲ މުހައްމަދު އޮޑޯވާ.

 

7- ސްލޮވީނިއާ ނޮން-ރެސިޑެންޓް ސަފީރު ތޯމަޒް މެންސިން.

 

8- ގަތަރު ނޮން-ރެސިޑެންޓް ސަފީރު ހަމަދު މުހައްމަދު އަބްދުﷲ އައްސަނަދު އައްދޯސަރީ.

 

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހައި ކޮމިޝަނަރުންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާ އެ ޤައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި، ކޮންމެ ޤައުމަކާއެކުވެސް މުހިއްމު ދާއިރާތަކުން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!