މާލީ ބަޔާނާ ގުޅިގެން ތިން ޕާޓީއެއް ޖޫރިމަނާކޮށްފި
ދެންމެ | 22 ޖުލައި 2026
މާލީ ބަޔާނާ ގުޅިގެން ތިން ޕާޓީއެއް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފި އެވެ.

މި އަހަރުގެ އޮޑިޓް ރިޕޯޓުތައް ހުށަހަޅަން ސިޔާސީ ޕާޓީތަކަށް ދިނީ މިދިޔަ މެއި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އަހަރުގެ އޮޑިޓް ރިޕޯޓް ހުށަނާޅައިގެން އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ވެސް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އެ ދެ ޕާޓީވެސް 50،000 ރުފިޔާއިން ޖޫރިމަނާކުރީ އެއްގޮތަކަށްވެސް އޮޑިޓް ރިޕޯޓް ހުށައަޅާފައި ނުވާތީކަމަށް އީސީން ބުނެއެވެ.

ސިޔާސީ ޕާޓީގެ ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީތަކުން މާލީ އޮޑިޓް ރިޕޯޓު ހުށަނާޅައިފިނަމަ އެ ސިޔާސީ ޕާޓީއެއް 20،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ. ގާނޫނު ބުނާގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިިނަވެގެން 90 ދުވަހުގެ ތެރޭގައި އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ޖެހެއެވެ. އެ ރިޕޯޓް އެކުލަވާލަން ޖެހޭނީ އޮޑިޓަރު ޖެނެރަލް ގަބޫލުކުރާ ފަރާތެއް މެދުވެރިކޮށްކަމަށްވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!