ދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ ފަށައިފި
ދެންމެ | 25 ޖުލައި 2026

ދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ފަށައިފިއެވެ.

އެމްއެންއޭއިން ބުނީ މި ސަރވޭ ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް ހޯލްގައިކަމަށެވެ.

މި ސާވޭގައި މައިގަނޑު ގޮތެއްގައި ނެގޭ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަގްސަދު، ދަތުރު ކުރި ގައުމު، ޓިކެޓުގެ ހަރަދު، ހުރުމުގެ ހަރަދު، ބޭސް ފަރުވާއަށް ކުރެވުނު ހަރަދުގެ އިތުރުން ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދުގެ މައުލޫމާތު ހިމެނޭކަމަށް އެމްއެމްއޭއިންބުނެފައިވެއެވެ.

ނަމަވެސް ވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މައުލޫމާތެއް މި ސާވޭގައި އެއް ނުކުރެވޭނެ ކަމަށާއި އަދި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެމްއެމްއޭއިން ވަނީ ދީފައެވެ.

އެމްއެމްއޭއިން ބުނީ، ސާވޭ ކުރެވޭ މުއްދަތުގައި އެ އޮތޯރިޓީގެ މުވައްޒަފުން ވީއައިއޭގެ އެރައިވަލް ހޯލުގައި ސާވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެހެންކަމުން މި މުއްދަތުގައި ރާއްޖެއަށް އެނބުރު ވަޑައިގަންނަވާ އެންމެހާ ދިވެހިން ފުރިހަމަ އެއްބާރުލުން މި ސާވޭއަށް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!