އީރާނުން މިސްރުގެ ދާމިއެޓާ ބަނދަރުގައި އޮތް އެމެރިކާގެ ބިޔަ ގޭސް ޓޭންކަރަކަށް ޑްރޯން ހަމަލާއެއް ދީ، ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން މިސްރުގެ ސަރަހައްދަކަށް އަމާޒުވި ފުރަތަމަ ހަމަލާއެވެ.
އެނާގޯސް ވިންޓާ ނަމަކަށް ކިޔާ މި އުޅަނދު ގޮއްވައިލީ ޑްރޯން ހަމަލާއެއްގައެވެ. މިއީ އެމެރިކާގެ ބިޔަ ގޭސް ޓޭންކަރެކެވެ.
މި ހާދިސާގައި ޓޭންކަރުގައި އަލިފާން ރޯވެ، ކައިރީގައި އޮތް އެހެން އުޅަނދަކަށް ވެސް އަސަރުކުރި ނަމަވެސް، މީހަކު މަރު ނުވާ ކަމަށް މަސްދަރުން ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް އީރާނަށް ދޭން ވައުދުވެފައެވެ.
ގުޅުންހުރި ލިޔުންތައް



