މަސްތުވާތަކެތީގެ މައްސަލައެއްގައި ވެލިދޫ އަންހެނަކު ހައްޔަރުކޮށްފި
ދެންމެ | 08 އޯގަސްޓް 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ވެލިދޫ އަންހެނަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ވެލިދޫ އަންހެން މީހާއަކީ އުމުރުން، 41 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް މިއަދުވަނީ 10 ދުވަސް ޖަހައިފައެވެ.

މި އަންހެން މީހާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މާލޭންނެވެ. އޭނާ ހައްޔަރު ކުރީ ފާމަސީއެއް ކައިރިން އޭނާ އަތުގައި އޮތް އެއްޗެއް އެއްލާލިތަން ފުލުހުންނަށް ފެނިގެންނެވެ.

ފުލުހުން ފަހުން ބެލިއިރު އެ އަންހެން މީހާ އެއްލާލި އެތީގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 11 ޕެކެޓް ހުރި ކަމަށްވެއެވެ.

މި އަންހެން މީހާގެ ޔޫރިން މަސްތުވާތަކެއްޗަށްވަނީ ޕޮސިޓިވްވެފައި ކަމަށް ބަންދު އަމުރުގައި ބަޔާން ކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!