ޖޯޝާއި ފޯރީގައި ’ދަތިވެއްޖެ‘ މުޒާހަރާ ކުރިއަށްދާނީ މަޖީދީމަގުން: އެމްޑީޕީ
ދެންމެ | 09 އޯގަސްޓް 2026

އިދިކޮޅޫ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބާއްވަން ނިންމާފައިވާ ’ދަތިވެއްޖެ‘ މުޒާހަރާ ކުރިއަށްދާނީ މަޖީދީމަގުން ކަމަށް އެޕާޓީން ބުނެފި އެވެ.

ތަކެތީގެ އަގު އުފުލޭތީ އެމްޑީޕީ އިން ބާއްވާ މުޒާހަރާ އޮންނާނީ އޯގަސްޓު 13 ވަނަ ދުވަހުގެ ރެއެވެ.

އެމްޑީޕީން ވަނީ މުިމުޒާހަރާއާ ގުޅޭގޮތުން މިއަދި ދިވެހި ފުލުހުންގެ ހިދުމަތާއި ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ މުޒާހަރާއާ ކުރިއަށް ގެންދާނެ މަގަކާ ގުޅޭ ގޮތުން މިއަދު ފުލުހުންނާ މަޝްވަރާކޮށްފައިވާކަމަށެވެ. އަދި އެޕާޓީން ހުށައަޅާފައިވަނީ މަޖީދީމަގުން މުޒާހަރާ ކުރިޔަށް ގެންދަންކަމަށްވެސް އަމީން ވިދާޅުވިއެވެ.

އެމްޑީޕީން ހުށައެޅި ހުށައެޅުމާ ގުޅޭގޮތުން ވެރިންނާ މަޝްވަރާ ކުރުމަށް ފަހު ޖަވާބެއް ދޭނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފައިވާ ކަމަށް ވެސް އަމީނު ވިދާޅުވި އެވެ.

މި މުޒާހަރާގައި މީހުން ބައިވެރިވުމަށް އެދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ބާޒާރުގައި މިހާރު ތަކެތީގެ އަގުތައް ހުރި މިންވަރު އަންގައިދޭ ލިސްޓެއް އާންމުކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!