ރެޑް ސީގެ ޔަންބު ކައިރިން ސަޢޫދީގެ އުޅަނދަކަށް ހޫޘީން މިސައިލް ހަމަލާއެއް ދީފި
ދެންމެ | 09 އޯގަސްޓް 2026

ރެޑް ސީގެ އުތުރުން ސަޢޫދީ ޢާރަބިއްޔާގެ ޔަންބު ބަނދަރު ކައިރިން ދަތުރުކުރަމުންދިޔަ އުޅަނދަކަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައިވާކަމަށް ޔަމަނުގެ ހޫޘީން ހާމަކޮށްފިއެވެ. ހޫތީންގެ ތަރުޖަމާނު ޔަޙްޔާ ސަރީއު ބުނީ މި ޙަމަލާ އަމާޒުކޮށްފައިވަނީ ސައޫދީގެ ’ނެޝަނަލް ޝިޕިންގ ކޮމްޕެނީ‘ ގެ ދަށުން ހިންގާ ’ޑަބްލިއުއޭއެފްއޭ‘ ތެޔޮ އުޅަނދަށް ކަމަށެވެ.

ކުރިން ރެޑް ސީގެ ދެކުނުގެ ބާބުލް މަންދަބް ކައިރިން ޙަމަލާތައް ދިން ނަމަވެސް، ހޫޘީން މިހާރު ވަނީ އުތުރުގައިވާ ސަޢޫދީގެ ޔަންބު އަދި ޖިއްދާ ބަނދަރާ ކައިރިއަށް ޙަމަލާތައް ފުޅާކޮށްފައެވެ. ހޫޘީން ވަނީ ސަޢޫދީ ޢަރަބިއްޔާގެ ބަނދަރުތަކަށް ވަދެނުކުމެވާ އުޅަނދުފަހަރަށް ހަމަލާދިނުން ކުރިއަށްދާނެކަމަށާއި، ސަޢޫދީގެ ބޯޓުފަހަރަށް ރެޑް ސީއިން ދަތުރުނުކުރެވޭނެ ގޮތް ހަދާނެކަމުގެ އިންޒާރު ދީފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!