ޕީއެންސީގައި ރައީސް މުއިއްޒަށް ވުރެ އަޅުގަނޑަށް ތާއީދުކުރާ މީހުން ގިނަވާނެ، އެ މެމްބަރުން އެދެނީ 2028 ވެރިކަމަށް ނިކުންނަން: ރައީސް ޔާމީން
ދެންމެ | 14 އޯގަސްޓް 2026

ވެރިކަން ކުރާ ޕީއެންސީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވުރެ އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުން ގިނަވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ދާދި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އެމްޑީޕީގެ މައްޗަށް އަދިވެސް އިހުތިޔާރުކުރާނީ ރައީސް މުއިއްޒުކަމަށް ވިދާޅުވެފަ އެވެ. އެ ވާހަކަތަކާއި ގުޅިގެން ޕީއެންސީގެ ލީޑާ ޝިޕުން ވަނީ، 2028 ގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދަވާދެއްވުމަށް ރައީސް ޔާމީން ހުންނެވީ ފޫގަޅައިގެންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ޕީއެންސީ އެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އެގޮތުން ޔާމީން ވިދާޅުވީ އެއީ ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅު މޮޅުވެގެން ސަނާކިޔަން ދެއްކި ވާހަކައެއް ނޫން ކަމަށެވެ. އަދި ޕީއެންސީގައި ގިނަ އއްމު މެމްބަރުން މިހާރުވެސް ތާއިދުކުރަނީ އެމަނިކުފާނަށްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“ މިހާރުވެސް ރައީސް މުއިއްޒަށް ތާއީދުކުރާ މީހުންނަށް ވުރެ ގިނަވާނީ ރައީސް ޔާމީނަށް ތާއީދުކުރާ މީހުން،“ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނު ދައްކަވާ ވާހަކަތައް ޕީއެންސީ އިސް ބޭފުޅުނަށް ފަހުމުވެސް ނުވާކަމަށެވެ. އެގޮތުން އެމްޑީޕީގެ މައްޗަށް މުއިއްޒު އހްތިޔާރު ކުރައްވާނެކަމަށް ވިދާޅުވީ ވިދާޅުވުމަކީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ވެރިކަމަށް ގެންނަން މަސައްކަތް ކުރާނެ ވާހަކަ ނޫންކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

“ އަޅުގަނޑުމެން މިކަހަލަ ކުޑަކުޑަ ވާހަކައެއް ބުންޏަސް މިހިރީ މި މީހުން ތެޅިފޮޅިގަންނަވަރު އިނގޭތޯ،“ ޔާމީން ވިދާޅުވި އެވެ.

ރޭގެ ޕީެއެންއެފް ޖަލްސާގައިވެސް ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!