އާޒުހާން ފޯނު ފެނިއްޖެ، މަރާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުލިބޭ: ފުލުހުން
ދެންމެ | 03 އޮކްޓޯބަރ 2022

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ ފެނުނު މުހައްމަދު އަޒުހާން މަރާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އެ މައްސަލައިގައި ފުލުހުންނަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އަޒުހާން ގެއްލިގެން އެ އާއިލާއިން ރިޕޯޓުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެއާއެކު، އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން މާލެ އާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކާއި އިންޓެލިޖެންސަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

އެގޮތަށް ބެލުމުން، އަޒުހާން ގެންގުޅޭ ފޯނު ނަމްބަރު އެންމެ ފަހުން ސިގްނަލް ލިބިފައިވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހުންނަ ސެލް ޓަވަރަކަށް ކަމަށް ބުނެފައިވެ އެވެ.

އެކި ގޮތްގޮތުން ލިބުނު މައުލޫމާތަށް ބަލައި އަޒުހާން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 27 އަހަރުގެ ޒުވާނާ ފެނިފައިވަނީ ވޯޓާ ތީމް ޕާކް ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާ ދިމާ ނިރޮޅުމަގުގެ ގަސްތަކުގެ ތެރޭގައި ކުނިވެފައި އޮއްވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!