އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ފަށައިފި
ދެންމެ | 05 އޮކްޓޯބަރ 2022

އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ހިމާޔާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އައްޑޫ ސިޓީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހިތަދޫ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

މިމަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. ޕްލޭނިންގ މިނިސްޓްރީން ބުނީ ‏މި މަޝްރޫޢުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 570 މީޓަރު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް، 15 ގުނަ 50 މީޓަރު ސަރަހައްދު ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެެވެ.

އަދި، މި މަޝްރޫއުގެ ދަށުން ހިތަދޫ މޫދަށް އެރޭ ސަރަހައްދުގެ ބޭރުން 100 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމްކުރާނެ ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.

ހިތަދޫ ގޮނޑުދޮށުން ގިރާ ސަރަހައްދު ހިމާޔަތްކުރަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 11.65 މިލިއަން ރުފިޔާ އަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!