ހައި ކޯޓު އިސް ފަޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ދެންމެ | 07 މާރޗް 2023

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިވަގުތު ތިއްބެވި ފަނޑިޔާރުންނަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުންޏެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެ ކޯޓު ހިންގުމާ ވަގުތީ ގޮތުން މިހާރު ހަވާލުވެ ހުރީ ފަނޑިޔާރު ހުސައިން ޝަހީދެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 56،000ރ. ލިބޭނެ އެވެ.

ހައި ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ޖޭއެސްސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އޮންނާނީ އެ ކޯޓުގެ ގާޒީންނަށެވެ.

ހައި ކޯޓާއި ސިވިލް ކޯޓުގެ އިތުރުން ކްރިމިނަލް ކޯޓަށް އާ ފަނޑިޔާރުން އައްޔަން ކުރަން ޖޭއެސްސީން މިހާރު އޮތީ ނިންމައިފަ އެވެ. ހައި ކޯޓަށް އައްޔަން ކުރަން ނިންމީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!