ޒުވާނުންގެ ނާޗަރަންގީ ކުޅުމާއިއެކު ޝީޝާ އާއި ވޭޕާއި ސިގިރޭޓަށް އޮތް ދަތި ބާތިލް ކުރާނަން: ޔާމީން
ދެންމެ | 05 ސެޕްޓެމްބަރ 2026

ޒުވާނުންނަށް މިހާރު ދަތިކޮށްފައި ހުރި ހުރިހާ ކަމެއް ބާތިލުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ މިއަދު ފެންނަނީ ޒުވާނުން އިންތިހާއަށް ތަކުލީފުވެގެންދާތަން ކަމަށާއި އެގޮތުން ވެހިކަލްތަކާއި ޕާކުކުރުން ފަދަ ކަންކަމުގައި ޒުވާނުންނަށް އޮތީ ދަތިތައް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ޒުވާނުންގެ ޝަހަރެއް ހަދައިދެއްވި ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ޒުވާނުންގެ ވޯޓު ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

މި ސަރުކާރުން ޒުވާނުންނަށް ޖެއްސުންކޮށް، އަނިޔާކުރުން ނޫން ކަމެއް ނުކުރާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

”އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުން އެ ފުރުސަތު މާތްﷲ އަޅުގަނޑަށް މިންވަރު ކުރައްވައިފި ނަމަ މިހާރު ޒުވާނުންނަށް ދަތިކޮށްފައި ހުރި ހުރިހާ ކަންތައްތަކެއް ބާތިލުކުރާނަން،“ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އަދިވެސް އެންމެ ބޮޑު މަންފާތަކެއް ލިބިގެންދާނެ ބަޔަކީ ޒުވާނުން ކަމަށްވެސް ވިދާޅުވެފަ އެވެ. ޒުވާނުން މިހާ ވަރަށް އަނިޔާ ތަހައްމަލުކުރަން ނުޖެހޭނެ ކަމަށާއި މި ސަރުކާރުން ހުރިހާ ދާއިރާތަކަށް ވެސް މުސީބަތް ކުރިމަތިކުރަމުންދާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!