އައްޑޫ އެކްސިޑެންޓުގައި ސީރިއަސްވި މީހާ ނިޔާ ވެއްޖެ
ދެންމެ | 06 އޮކްޓޯބަރ 2022

އައްޑޫސިޓީ ހިތަދޫގައި މިދިޔަ އާދީއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެއެވެ.

އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުމުގެ ސަބަބުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު ނިޔާވެފައިވަނީ ހިތަދޫ، ދުންނިކާގޭ އުމުރުން 62 އަހަރުގެ އިބްރާހީމް ހުސައިނެވެ.

މި ޙާދިސާގައި އޭނާގެ ބޮލާއި މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

އައްޑޫ ލިންކް ރޯޑުން ދަތުރުކުރި ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އިތުރު ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ.

މި ޙާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މީގެކުރިންވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!