އިންތިގާލީ އިންސާފް އޮފީހުގެ މުއްދަތު އިތުރުކުރަން ނިންމައިފި
ދެންމެ | 06 އޮކްޓޯބަރ 2022

އިންތިގާލީ އިންސާފުގެ އޮފީހަށް ދީފައިވާ ގާނޫނީ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވުމުން، އެ މުއްދަތު އިތުރުކުރަން ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ، އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރަން ނިންމަވާފައިވާކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު، މިއަދު ރައީސް އޮފީހުގައި އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ވާގޮތުން، އެ ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ. އެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާނެ އެވެ. މުއްދަތު އިތުރު ކުރަން ރައީސް ނިންމަވާފައިވާ ކަމަށް މިއުވާން ވިދާޅުވި ނަމަވެސް އެކަން ކުރައްވާނީ ކިހިނެތް ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް މިއުވާން ވިދާޅެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!