ރައީސް އިބުރޭގެ ތާއީދުތައް ދިޔައިވެ، ލޮނދިކޮށް ބާރަށް ތިރިއަށް ފައިބަނީ!
ދެންމެ | 25 އޯގަސްޓް 2023

ރިޔާސީ އިންތިހާބުގެ ވޯޓަށް ބަރާބަރު 15 ދުވަހަށް ކައިރިވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓް ރައީސް އިބުރޭއަށް ތާއީދު ދިޔައިވެގެން ލޮނދިކޮށް ތިރިއަށް ފައިބަމުންދާ ކަމަށް  ދިރާސާތަކުން ދައްކައިފި އެވެ.

2018 ވަނަ އަހަރު ގިނަ ވައުދުތަކާއި އެކު ވެރިކަމަށް ވަޑައިގެންނެވި އިބުރޭއަށް 5 އަހަރުގެ ދައުރެއް ހަމަވެގެން ދިޔައިރު މާބޮޑު ކަމެއް ކުރެވިފައެއް ނުވެ އެވެ.

ސަރުކާރުގެ ވައްކަމާއި ކަރަޕްޝަން އިންތިހާއަށް މައްޗައް ގޮސްފައިވާ ކަމަށް ރައްޔިތުން ތުހުމަތު ކުރަމުންދާއިރު ރައީސް އިބުރޭއަށް ތާއީދު ކުރި އެތައް ބަޔަކު މިހާރު ވަނީ އިބުރޭ އާއި ފެޔަށް ޖެހިފަ އެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލް ތަފާތުވުން ތަކާއި އެކު އުފެދިގެންދިޔަ ޓިމޮކްރެޓިކް ޕާޓީގެ ތާއީދާއި މަގުބޫލުކަން އިންތިހާއަށް އިތުރުވަމުންދާއިރު އިބުރޭ އެންމެ އަރިހުގައި ހުރި ބަގުރޫޓް ފައްޔާޒު ވެސް މިހާރު ބޮލު ރޮނދި ކެނޑިފައިވާ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

މަސްރަހް ދިރާސާ ކުރާފަރާތްތައް މައުލޫމާތު ދޭ ގޮތުގައި ރައީސް އިބުރޭ މިހާރު އުޅެމުން ދަނީ ވަރަށް ހާސްވެ މާޔޫސްކަމުގެ ތެރޭގަ އެވެ.

“ ތިބޭފުޅުންނަށް ފާހަގަ ވާނެ މިހާރު ރައީސް އިބުރޭ ކޮންމެ ތަނެއްގައި މިހާރު ރައީސް ނަސީދަށާއި ޑިމޮކްރެޓިކް ޕާޓީއަށް ބަވާނެ. އިބުރޭއަށް ވެސް މިހާރު ފެންނަން ފަށައިފި ދެވަނަ ބުރަށް ވެސް ނުގޮސް އިބުރޭ ކަޓައިގެންދާތަން.“ މުހައްލިލަކު ކިޔައިދިނެވެ.

ތާއީދު ގެއްލި ދެވަނަ ބުރަށް ނުދާނެ ކަން އިބުރޭއަށް މިހާރު ގާތްގަނޑަކަށް ޔަގީން ވެފައިވާއިރު މިހާރު އިބުރޭ މަސައްކަތް ކުރަމުންދަނީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިސްވަތު ފައިސާ ބަހައިގެން ވޯޓުތައް ހިފެހެއްޓުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!