ސްވިޑުން އަންހެނަކު ލޯބީގައި ދިވެހި ފިރިހެނަކަށް ކުރި ހަރަދު އަބުރާ ދަންކަން ޖެހިއްޖެ
ދެންމެ | 11 އޮކްޓޯބަރ 2022

ސްވިޑްން އަންހެނަކާއި ދިވެހި ފިރިހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އަންހެން މީހާ ދިން 260،00 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ފިރިހެން މީހާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ގދ. ރަތަފަންދޫ މީހަކު އެ ފައިސާ ދައްކަން ޖެހުނީ އޭނާގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސްވިޑްންގެ މީހަކު އޭނާއަށް ދީފައިވާ 17،000 ޑޮލަރުގެ މައްސަލާގަ އެވެ. އެ ދެ މީހުން ގުޅުނީ ފިރިހެން މީހާ ރިސޯޓްގައި އުޅެނިކޮށް އަންހެން މީހާ ފަތުރުވެރިއެއްގެ ގޮތުގައި އެ ރިސޯޓަށް އައުމުންނެވެ.

ފިރިހެން މީހާ ބުނާގޮތުން 2020 ވަނަ އަހަރު އޭނާއަށް 17،000 ޑޮލަރު އަންހެން މީހާ ދިނީ ކެފޭއެއް ހިންގުމަށް ހަދިޔާއެއްގެ ގޮތުންނެވެ. އެ ދެ މީހުންގެ ގުޅުން ކެނޑުނު ހިސާބުން އެ ފައިސާ ހޯދަން އަންހެން މީހާ މަސައްކަތް ކުރި އެވެ.

ފިރިހެން މީހާ ބުނަމުން ގެންދިޔައީ އެ ފައިސާއަކީ ލޯނެއް ނޫން ކަމަށާއި އެއީ ހަދިޔާއެއް ކަމަށްވާތީ އެ ފައިސާ އަނބުރާ ދޭން ނުޖެހޭނެ ކަމަށެވެ. އަންހެން މީހާ އެ މައްސަލަ ވެއްދީ ރާއްޖޭގެ ސިވިލް ކޯޓަށެވެ.

ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައިވަނީ އެ ފައިސާއަކީ ހަދިޔާގެ ގޮތުގައި ލިބުނު އެއްޗެއްކަން ސާބިތުކޮށް ދޭންޖެހޭނީ ފިރިހެން މީހާ ކަމަށާއި އެހެން ނޫންނަމަ، އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށްޓަކައި އަންހެން މީހާ ވަކީލުންނަށް ދެއްކި 1،500 ޑޮލަރު ވެސް ފިރިހެން މީހާ ދޭން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި އެ ފިރިހެން މީހާއަށް އަންގާފައިވަނީ 17،000 ޑޮލަރު (260،000 ރުފިޔާ) އާއި ވަކީލުންގެ ފައިސާ ހިމެނޭ ގޮތުން ހުރިހާ ފައިސާއެއް މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ކޯޓަށް ދެއްކުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!