ކީކިމިނި އޮޕަރޭޝަނަށް ގެނަސް، މަސް ކިރުވަން ފަށައިފި
ދެންމެ | 12 އޮކްޓޯބަރ 2022

ށ. އަތޮޅު ކީކިމިނި އޮޕަރޭޝަނަށް ގެނަސް، މަސް ކިރުމުގެ މަސައްކަތް އެރަށުގައި ފަށައިފި އެވެ.

ކީކިމިންޏަކީ ވިލާ ގްރޫޕްގެ ދަށުން ހިންގާ އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް މަސްވެރިކަމުގެ މަސައްކަތަށް މީގެ 18 ވަރަކަށް އަހަރު ކުރިން ފެށިގެން ދޫކޮށްފައި އޮންނަ ރަށެކެވެ.

އެރަށުގައި ތަރައްޤީކޮށްފައިވާ “ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސް”އަކީ 1900 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކޮށްފައިވާ ތަނެކެވެ.

ކީކިމިންޏަށް މަސް ނުކިރުވާތާ ގިނަ ދުވަސްތަކަކަަށްފަހު މިއަދު ވަނީ އެރަށަށް މަސްކިރަން ފަށާފައެވެ. އަދި މަސް ކިރުވަން ބޭނުންވާ މަސް ދޯނިތަކުން ގުޅައިގެން މަސް ކިރުވުމުގެ އިންތިޒާ ހަމަޖެއްސުމަށް އައިލެންޑް އެންޓާޕްރައިޒަސްއިން އެދެއެވެ.

ކީކިމިންޏަށް މިވަގުތު ގަންނަނީ ހަމައެކަނި ކަޅުބިލަ މަހާއި ކަންނެއްޔެވެ. މަސް ގަންނަނީ 1.5 ކިލޯ އިން މަތިނަމަ 13 ރުފިޔާއަށް އަދި 1.5 ކިލޯއަށް ވުރެ ދަށްނަމަ 5.50 ރުފިޔާއަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!