ގާނޫނީ ހައިސިއްޔަތެއް ނެތް، ފަޒުނާގެ ހަބަރުތަކުން ރައީސް އޮފީސް ރަސްމީ ވެބް ސައިޓް ހިސޯރުކޮށްފި
ދެންމެ | 13 އޮކްޓޯބަރ 2022

ދިވެހި ދައުލަތުގެ މޫރިތިކަން ދައްކުވައިދޭ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބް ސައިޓް ގާނޫނީ ހައިސިއްޔަތެއް ނެތް، ރައީސް ސޯލިހްގެ އަނބިކަބަލުން ފަޒުނާ އަހުމަދުގެ ފަރި ހަރަކާތްތަކުގެ ހަބަރުތަކާއި ފޮޓޯތަކުން ފުރާލައިފި އެވެ.

ދިވެހި ދައުލަތުގެ ވަލީއުލް އަމުރު ހައިބަތާއި މޫރިތިކަން ދައްކުވައިދޭ، ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ވެބްސައިޓްގެ ފާއިތުވެ ދިޔަ ހަފްތާގެ ހަބަރުތަކާއި ފޮޓޯތަކަށް އެކަނި ނަޒަރު ހިންގާލާއިރު، މުޅި ވެބްސައިޓްގައި ވަނީ ފަޒުނާ އެވެ. އަމުދުން ދިވެހިން އިންތިހާބު ކުރި ރައީސް އާއި ނައިބް ރައީސްގެ ހިލަމެއް ވެސް ވަނީ ދަމަކުން ބަޑިއެއް ޖަހާ ބީދައިގެން ނެވެ.

މިދިޔަ ހަފްތާގައި ވެސް ނައިބް ރައީސް ފައިސަލް ނަސީމާއި އެކު ފަޒުނާ ބައިވެރި ހަފްލާގެ ހަބަރާއި ފޮޓޯ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ރަސްމީ ވެބް ސައިޓްގައި ގެނެސްދީފައި ވަނީ ފަޒުނާ އިސްކޮށްފަ އެވެ.

ދިވެހި ދައުލަތުގެ ގާނޫނު އަސާސީގައި ރައީސުލްޖުމުހޫރިއްޔާގެ އަންހެނުންނަށް ވީތީ، ދިވެހި ދައުލަތުގެ މައްޗައް ބާރު ފޯރުވުމުގެ އެއްވެސް ގާނޫނީ ބާރުވެގެން ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ކުރެެއްވި ޓޫވީޓެއްގައި ބުނެފައި ވަނީ މިހާރު ރާއްޖޭ ރައީސުލްޖުމްހޫރިއްޔާ އޮޅޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ގާނޫނީ ދާއިރާއިން ފުންނާބު އުސް ބޭފުޅަކު ވިދާޅުވީ ފަޒުނާގެ އަމަލްތައް ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފްވަމުންދާ ކަމަށާއި ގާނޫނީ ހައިސިއްޔަތެއް ނެތް ފަރާތަކުން ދިވެހި ދައުލަތު އެންމެ މަތީ ސަރަފް ގަޑުބަޑު ކުރަމުންދާ ކަމަށެވެ.

އޭނާ ބުނީ ރައީސް އޮފީހުގެ މުވައްޒަފުން އެބޭފުޅުން މަގާމްގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ގާނޫނީ ޒިންމާއެއް ނެތް ފަރާތެއްގެ ހަބަރާއި މައުލޫމާތާއި ފޮޓޯ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ވެބްސައިޓްގައި މެދުކެނޑުމެއް ނެތި ގެނެސް ޕްރޮމޯޓް ކުރަމުންދާ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަން ޖެހޭ ކަމަށެވެ.

“ ރައީސް އަނބިކަބަލެއްގެ ވާހަކަ ވެސް ގާނޫނު އަސާސީގައި ނެތް. ފަޒުނާ ދައުލަތުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ގާނޫނީ ގޮތުން ކުރި ހުވައެއް ނެތް. އަދާ ކުރާ މަގާމެއް ނެތް. ’ރައީސް އަނބިކަބަލުން‘ ނަކީ ދިވެހި ދައުލަތުގެ މަގާމެއް ނޫން. އަދި އެއްވެސް ކަމަކަށް ޒިންމާ ވާން ޖެހޭ ފަރާތެއް ނޫން. ފަޒުނާ ކިޔާ މީހަކަށް ދިވެހިން ގާނޫނީ ޒިންމާ ހަވާލެއް ނުކުރޭ.“ މަސްހޫރު ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ބުނީ މާދަމާ ރައީސް އޮފީސް ސައިޓްގައި ކަވަރު ކުރާނީ ކާކުގެ ހަބަރެއް ކަން ބުނަން ނޭނގޭ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާ އޮފީހަކީ ކުޅޭ ކުޅޭ ތަނަކަށް ވެގެން ނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!