އިސްތަށި ބޭލުމާއި އުފުރުން، ނަލައީ ކޮން ގޮތެއް ތަ!
ދެންމެ | 17 އޮކްޓޯބަރ 2022

މޫނުގައި އިސްތަށި ހުންނާތީ ވަރަށް ގިނަ މީހުން ކަންބޮޑުވެއެވެ. އަދި އިސްތަށިތައް ނެއްޓުމަށް ބައެއް މީހުން ވެކްސް ކުރެއެވެ. ނުވަތަ ރޮދި ބޭނުންކޮށްގެން އިސްތަށިތައް ނައްޓައެވެ. އަދި އިސްތަށިތައް އުފުރާ މީހުންވެސް އުޅެއެވެ. މިގޮތްގޮތަށް އިސްތަށިތައް ނެއްޓުމުން ލިބެނީ ވަގުތީ ހައްލެކެވެ. ދާއިމީ ހައްލެއް ހޯދުމަށް ބޭނުންވާ މީހުންނަށް ގޭގައި ދެވިދާނެ ފަރުވާއެއް ތިރީގައި މިވަނީއެވެ.

ބޭނުންވާތަކެތި:

1 ސައިސަމުސާ ޖެލަޓިން

2 ސައިސަމުސާ ރޯކިރު (ފްރެޝް މިލްކް)

1/4 ސައިސަމުސާ މާމުއި

އިނގިލިކުރިން ހިފޭވަރުގެ ރީނދޫކޮޅެއް

 

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ޖެލަޓިން ތައްޓަކަށް އަޅާށެވެ. އެއަށްފަހު ރޯކިރުކޮޅު ކިރިޔާ ހޫނުވާވަރަށް ހޫނުކޮށްލާށެވެ. އެހާބޮޑަށް ކައްކައިފިނަމަ މޫނުގައި އެޅުމުން ހަންގަނޑަށް ގެއްލުންލިބޭނެއެވެ. ކިރު ހޫނުކުރަންޖެހޭ ސަބަބަކީ ޖެލަޓިންއާއި އެއްކުރަން ފަސޭހައަކަށެވެ. ފިނިކޮށް ހުރިނަމަ ރަނގަޅަށް އެކުނުވާނެއެވެ. އެއަށްފަހު މާމުއިކޮޅު އެއްކޮށްލާށެވެ. އަދި އިނގިލިކުރިން ހިފޭވަރަށް ރީނދޫކޮޅެއްލާށެވެ. ރަނގަޅަށް އެކުވުމުން ތާފަނާފެންފޮދަކުން ކުޑަ ތުވާޔެއް ތެންމާލާފައި މޫނުގައި ހާކާލާށެވެ. އެއީ މޫނުގައި ހުންނަ ’ޕޯސްތައް‘ ރަނގަޅަށް ހުޅުވުމަށެވެ. ދެން މިމާސްކު އެޅުމަށްފަހު 30 މިނިޓް ބަހައްޓާށެވެ. އެއަށްފަހު މަޑުމަޑުން މާސްކް ނައްޓާށެވެ. ނައްޓާއިރު ވަރަށް ތަދުވާނެއެވެ. ހީވާނީ ވެކްސް ކުރާހެންނެވެ. މާސްކް ނައްޓާއިރު މޫނުގައި ހުންނަ އިސްތަށިތަކާއި ’ބްލެކްހެޑްތައް‘ ހުންނާނީ މާސްކުގައި ތަތްލާފައެވެ. މިގޮތަށް ހަފްތާއަކު އެއްފަހަރު މިމާސްކް ތައްޔާރުކޮށްލުމުން މޫނުގައި ހުންނަ އިސްތަށިތައް ވަރަށްބޮޑަށް މަދުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!