ދުނިޔޭގެ ރައީސް ޝާހިދަށް ރާއްޖެ ނާދެވިގެން އުޅެނީ ފަައްޔާޒުގެ ’ނޮހޮރޮއްޕާނާ‘ ހެދި ތަ؟
ދެންމެ | 18 އޮކްޓޯބަރ 2022

އދ.ގެ އާއްމް މަޖިލީހުގެ ރައީސްކަމުގެ މަގާމް އަދާކުރެއްވި އަދި ރާއްޖޭގެ އެންމެ އިސް ޑިޕޮލަމެޓް މިނިސްޓަރ އަބުދުﷲ ޝާހިދަށް ރާއްޖެ ވަޑައިނުގެން ހުންނަން ޖެހިފައި ވަނީ ކުރީގެ ބަގުރޫޓް ވިޔަފާރިވެރިޔާ އަދި ރައީސް ސޯލިހްގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ ނޮހޮރޮއްޕާނާއި ހުރަސް އެޅުންތަކުގެ ސަބަބުން ނެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ވެސް ހުންނެވި އެންމެ އުސް ސިޔާސީ ކުންނުގެ ގޮތުގައި ސިފަވެގެންދާ ސާހިދު ރާއްޖެ ވަޑައިގެންނެވުމަށްޓަކައި ދެތިން ފަހަރެއްގެ މަތިން އެދިވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބޯގަންވިލާގޭ ފައްޔާޒު ކިތައްމެ ނުރުހުނަސް ދަރަވަންދޫގޭ މިނިސްޓަރ ޝާހިދު ތަމްސީލް ކުރެއްވީ މި ދިވެހި ދީބެވެ. މިވަތަނެވެ. ކުރީގެ ރައީސެއްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ކެޓަގެރީގައި މިނިސްޓަރ ޝާހިދުގެ ސަލާމަތީ ކަންކަން ބަލަހައްޓުމަކީ މިދައުލަތުގެ ސަރަފެވެ. ވަކިބޭފުޅަކު ނުރުހުނަސް މޫނަކަށް ކަދުރާއަކަށް ބެލުމެއް ނެތި ދިވެހި ދައުލަތުން ދަރަވަންދޫގޭ ޝާހިދު މި ވަތަނަށް ކުރެއްވި އެ މަތިވެރި ޖިހާދުގެ އުމުރަށް ވަޒަން ކުރަން ޖެހޭނެ އެވެ.

މިނިސްޓަރ އަބުދުﷲ ޝާހިދުގެ އަރިސްބޭފުޅަކު ވިދާޅުވީ ޝާހިދަކީ ދުނިޔޭގެ އެންމެ އިސް މަގާމެއް ފުރުއްވާފައިވާ ބޭފުޅަކަށް ވުމުން އެމަނިކުފާނަށް ސެކިއުރިޓީގެ ކަންކަން ހަމަޖެއްސުމަށް ދެތިން ފަހަރެއްގެ މަތިން މިހާރު އެދިވަޑައިގެންފައިވާ ކަމަށާއި އެހެންނަމަވެސް ފައްޔާޒުގެ ނޮހޮރޮއްޕާނާއި ހުރަސް އެޅުންތަކާއި ހެދި އިންތިޒާމް ހަމަޖެހިފައިނުވަނީ ކަމަށެވެ.

“ ފައްޔާޒަށް ހީވެގެން އުޅެނީ މިނިސްޓަރ ޝާހިދު އުޅުއްވަނީ ރައީސް ސޯލިހްގެ ރަނިންގެ މޭޓްކަން ބޭނުން ވެގެން ކަމަށް. ނޫނީ ޝާހިދު ރާއްޖެ ވަޑައިގެން ހަރަކާތްތެރިވެ ވަޑައިގެން ފައްޓަވައިފިނަމަ މިހާރު ފައްޔާޒު މުށު ދަށުގައި މި އޮތް ބާރާއި ނުފޫޒު ކުޑަވެގެން ހިނގައިދާނެ ކަމަށް.“ ޝާހިދުގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ބުނީ ޝާހިދަށް ރައީސް ސޯލިހް ވަރަށް އިތުބާރު ކުރައްވާ ކަމަށާއި ސިޔާސީ ނިންމުން ނިންމުގައި ސާހިދުގެ ބަހަށް ވަރަށް ބޮޑަށް ބަރޯސާވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން ފައްޔާޒަކީ ކުޑަކުޑަ ކިރުބޯ ޅަ ސޮރެއް ކަމަށާއި ގައުމު މިހާ ބޮޑަށް ގޯސްވެގެން ގޮސްފައި މިވަނީ ވެސް ސީދާ ފައްޔާޒުގެ ނާގާބިލް ކަމުން ކަމަށެވެ.

ތެދެކެވެ. މިނިސްޓަރ ސާހިދަކީ ދުނިޔޭގެ އެހާމެ މަތިވެރި މަގާމެއް އަދާ ކުރައްވާފައިވާ ބޭފުޅަކަށް ވުމުން އެމަނިކުފާނުގެ ސަލާމަތީކަންކަން ވަރަށް ފުރިހަމައަށް ހަމަޖައްސަވަން ޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!