ފާހާނާ ތަށި ބޭނުން ތިކުރަނީ ރަގަޅަށް ތަ!
ދެންމެ | 23 އޯގަސްޓް 2023

ފާޚާނާ ތަށީގެ ބޭނުން އަޅުގަނޑުމެން ދުވާލަކު އެތައް ފަހަރަކު ކުރާއިރު އަޅުގަނޑުމެން އެކަން ކުރަނީ ރަނގަޅަށްތޯ ބެލޭތޯއެވެ؟ ފާޚާނާ ތަށީގެ ރަނގަޅު އަދަބުތައް ރަނގަޅަށް ގެންގުޅުމަކީ ސާފުތާހިރުކަމާއި ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެކެވެ.

 

ތަށިމަތީގައި އިށީނުމުގެ ކުރިން ވެސް ފާހާނާ ތައްޓާއި ވަށައިގެންވާ ސަރަހައްދު ސާފުކޮށް ފެންޖަހާލުން ރަނގަޅެވެ. ފެންނަން ހުރި އެއްވެސް ނަޖިހެއް ފެނިއްޖެނަމަ އިށީނުމުގެ ކުރިން ސީޓް ސާފުކުރުމަށް ފާޚާނާ ފެންޖަހަހައިގެން ދޮވެލުމަށްފަހު ޓޮއިލެޓްޕޭޕަރ ނުވަތަ ޑިސްއިންފެކްޓިން ވައިޕް ބޭނުންކޮށްގެން ފުހެލާށެވެ. މި ފިޔަވަޅަކީ ހަށިގަނޑަށް ޖަރާސީމުތައް ބަދަލުވުން ހުއްޓުވުމަށް ވަރަށް މުހިންމު ފިޔަވަޅެކެވެ.

ފްލަޝް ކުރާއިރު ވައިގެ ތެރެއަށް ފެތުރިގެންދާ ޖަރާސީމާއި ނަޖިސް ހުއްޓުވުމަށް ފްލަޝްކޮށްލަންވާނީ ފާހާނާ ތަށީގެ މަތި ލެއްޕުމަށްފަހުގައެވެ.

ފާޚާނާ ތަށީގައި އިށީންނައިރު ރަނގަޅަށް ޕޮޒިޝަން ކުރުން މުހިންމެވެ. ތިރީގައިވާ ފިޔަވަޅުތަކުގެ އެހީގައި ސާފުތާހިރުކަން ދެމެހެއްޓުމުގައި އަރާމުކޮށް އިށީނދެވޭނެއެވެ.

ހ. ފާޚާނާއާ ކައިރިވެ، ފައި ބިންމަތީގައި ވަރުގަދައަށް ހަރުލާފައި ހުރިތޯ ޔަގީން ކުރަން ޖެހެ އެވެ. މިއީ ބެލެންސް އާއި ސަޕޯޓަށް އެހީތެރިވެދޭ ކަމެކެވެ.

ށ. އިށީނދެގެން އިންއިރު އަމާޒު ހިފާނީ ކުރިމައްޗަށް ވުރެ ބޮޑަށް ގޮނޑީގެ މެދާއި ހަމަހަމަ ކުރުމަށެވެ. މިއީ ތަޣައްޔަރުވެފައި ހުރެދާނެ ތަންތަނުގައި އަތްލުމުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ނ. ތަށިމަތީއިށީދެލަންވާނީ މަޑުމައިތިރިކަމާއެކު މަޑުމަޑުން ފުރަގަސްފަރާތް ތަށީގައި ފުރިހަމައަށް ޖެހެންދެންނެވެ.

ރ. ބުރަކަށި ސީދާކޮށް، ޕޯސްޗަރ ރިލެކްސްކޮށް ބެހެއްޓުން. މިއީ މަސްތަކާއި ހުޅުތަކަށް ކޮންމެހެން ބޭނުން ނުވާ ބުރައެއް ކުރިމަތިވުން ހުއްޓުވޭނެ ކަމެކެވެ.

ފާޚާނާ ތަށީގައި އިށީނދެގެން އިނދެގެން ރަނގަޅު ސާފުތާހިރުކަމެއް ބެހެއްޓުމަކީ ޖަރާސީމު ފެތުރުން ހުއްޓުވުމަށް މުހިންމު ކަމެކެވެ:

ހ.ޕަބްލިކް ފާހާނާތަކުގައި ލިބެންހުރިނަމަ އަބަދުވެސް ހަންގަނޑާއި ގޮނޑިއާ ދެމެދު ހުރަހެއްގެ ގޮތުގައި ޓޮއިލެޓް ޕޭޕަރ ނުވަތަ ސާފު ފާޚާނާ ތަށި ކަވަރެއް ބޭނުން ކުރާށެވެ. މިއީ ސީދާ ކޮންޓެކްޓް މަދުކޮށްދީ ތަޣައްޔަރުވުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.

ށ. ލިބޭނަމަ އިށީނުމުގެ ކުރިން ގޮނޑި ސާފުކުރުމަށް ވެސް ޑިސްއިންފެކްޓެންޓް ވައިޕް ބޭނުން ކުރެވިދާނެ އެވެ.

ނ. ތަށީގައި އިށީނދެގެން އިނދެ ތަށީގައި ހިފަހައްޓަން އަތް ބޭނުންކުރުމުން ދުރުހެލިވާށެވެ. އޭގެ ބަދަލުގައި ފައިތިލަ މަސްތައް ބޭނުންކޮށްގެން އަމިއްލަ ނަފްސު ސްޓޭބަލް ކޮށްލާށެވެ.

ފާޚާނާ ބޭނުން ކުރުމަށްފަހު މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި އާއި ފެނުން ރަނގަޅަށް އަތް ސާފުކުރުން ޔަގީން ކުރަންވާނެއެވެ. ޖަރާސީމު ފެތުރުން ހުއްޓުވުމަށާއި އަމިއްލަ ސިއްހަތު ދެމެހެއްޓުމުގައި އަތުގެ ރަނގަޅު ސާފުތާހިރުކަމަކީ ވަރަށް މުހިންމު ކަމެކެވެ

ކޮންމެ ކަމެއްވެސް އެކަމެއްގެ އެންމެ ރައްކާތެރި ގޮތުގައި ބޭނުންކުރުމަކީ ބަލިތަކުން ސަލާމަތްވެ ތިމާއާއި އެހެންމީހުންގެ ސަލާމަތްކަމަށް އެޅޭ ރަނގަޅު ފިޔަވަޅެކެވެ.

ގުޅުންހުރި ލިޔުންތައް