ޖަލުން މިނިވަންވާ ފާސް ރައީސް އޮފީހުން އަލީ ޒާހިރު ވިއްކަނީ: ތޯރިގް
ދެންމެ | 20 އޮކްޓޯބަރ 2022

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ސީދާ އަލީ ޒާހިރުގެ ނަންފުޅު ވިދާޅުނުވެ، ރައީސް އޮފީހުގެ ތެރެއިން އަދަބު ލުއިކޮށްދިނުމާއި މައާފުކޮށްދިނުމަށް ރައީސް އޮފީހުގައި ހުންނަވާ ބޭފުޅަކު ފައިސާ ނަންގަވާ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިންވެސް އަލީ ޒާހިރާމެދު މިފަދަ ތުހުމަތުތައް ކުރެވުމުން އޭނާވަނީ އެ ހުރިހާ ތުހުމަތެއް ދޮގުކުރައްވާފައެވެ. އަދި އެއްވެސް މީހެއްގެ އަތުން ފައިސާއެއް ނަގައިގެން އަދަބު ލުއިކޮށް ނުވަތަ މައާފުކޮށްދީފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓޮމް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ މުޚާޠަބުކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގޮތުން ރައީސް އޮފީހުން ނިންމާ ނިންމުންތައް، ބާޒާރުގައި މުދަލަށް އަގު ނަގާ އުސޫލުން އަގު ނަގައިގެން ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިއްކަވަމުންގެންދަވާ ކަމަށެވެ.

އަދި ރައީސް ޞާލިޙުގެ އަރިހުން މަހިބަދޫ ދާއިރާގެ މެންބަރު އެދިވަޑައިގެންފައިވަނީ އަގު ނަގައިގެން މައާފުކޮށްދިނުމާއި އަދަބު ލުއިކުރުމުގެ ނިންމުންތައް ވިއްކަމުން އަންނަ އައުން ހުއްޓުވައިދެއްވުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!