އޮރިޔާންކަން ބޮޑު ނޯރާ ފަތޭހީ ނެށުމުގެ ހަރަކާތަކަށް ބަގްލަދޭސް އިން ހުއްދަ ނުދިން
ދެންމެ | 20 އޮކްޓޯބަރ 2022

ބަންގްލަދޭޝްގެ ޑާކާގައި ބޮލީވުޑް އެކްޓަރު އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ ބާއްވަން މަސައްކަތް ކުރި ޕާފޯމަންސް އަކަށް އެ ގައުމުގެ ސަރުކާރުން ހުރަސް އަޅައިފި އެވެ.

ނޯރާއަށް ހުއްދަ ނުދޭން ބަންގްލަދޭޝް އިން ދެއްކީ ވަރަށް އަޖައިބެއް ކަހަލަ ބަހަނާ އެކެވެ. އެ ގައުމުން ބުނީ އެއީ އެ ގައުމުގައި ޑޮލަރު މަދުވެ ޑޮލަރަށް އިންތިހާއަށް ޖެހިފައިވާތީ އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ”ޑޮލަރު ސަލާމަތްކުރަން“ ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ބަންގްލަދޭޝްގެ ކަލްޗަރަލް އެފެއާޒް މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ނޯރާއަށް ޕާފޯމްކުރުމުގެ ހުއްދަ ނުދޭން ނިންމީ ”ފޮރިން އެކްސްޗޭންޖް ރިޒާވް“ ދަށަށް ދިޔަނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ނޯރާ ބައިވެރިކުރަން އުޅުނީ ބަންގްލަދޭޝްގެ ވިމެން ލީޑާޝިޕް ކޯޕަރޭޝަންގެ އެވޯޑު ޝޯއެއްގައި ނެށުމަށާއި އެވޯޑެއް ހަވާލުކުރުމަށެވެ.
މި އެވޯޑު ޝޯގައި ބައިވެރިވާން ނޯރާއަށް ޑޮލަރުން ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހެ އެވެ. އެހެންވެ މި ހުއްދަ އޭނާއަށް ނުދޭ ގޮތަށް ނިންމީ އެވެ.

ނޯރާ އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މޮރޮކޯ-ކެނެޑާ އާއިލާއެއްގެ އެކްޓަރެކެވެ. އޭނާ ވަނީ ހިންދީ، ތެލުގޫ، ތަމަޅަ އަދި މެލަޔާލަމް ބަހުން އުފައްދާފައިވާ ފިލްމުތައް ކުޅެފަ އެވެ.

ނޯރާ ބޮލީވުޑަށް ނުކުތީ 2014ގައި ރިލީޒްކުރި ”ރޯ:ޓައިގާސް އިން ސުންޑާބަންސް“ ކިޔާ ފިލްމަކުންނެވެ. ނަމަވެސް އޭނާއަށް މަޝްހޫރުކަން ލިބުނީ އެކި ފިލްމުތަކުގައި ނަށާފައިވާ ނެށުންތަކުންނެވެ.

ގުޅުންހުރި ލިޔުންތައް