ފޯޅަވެހި މައްސަލަ އިންޑިޔާ ފަރަންޖީއަކާއި ހަވާލުކޮށް، ބަންޑާރަ ނައިބާއި ދައުލަތުގެ ވެރިން ފިލުމަކީ ލަދުވެތި ކަމެއް: ޕީޖީ މުހްތާޒް
ދެންމެ | 25 އޮކްޓޯބަރ 2022

ފޯޅަވެހި މައްސަލާގައި ދިވެހިގައުމަށް ދިމާވެފައިވާ މި ހަސްހާސް ދަޑިވަޅުގައި ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ފަރަންޖީއަކާއި ހަވާލުކޮށް ބަންޑާރަ ނައިބާއި ދައުލަތުގެ މަސްހޫލުވެރިން ފިލުމަކީ ލަދުވެތު ކަމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަށް ޖެނެރަލް މުހްތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

މުހްތާޒް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ދައުލަތުގެ އެންމެހާ ކަންކަމާއި ހަވާލުވެ ހުވާކުރައްވައިގެން ތިއްބެވި ދައުލަތުގެ މަސްއޫލުވެރިން ޒިންމާނެތީ ތޯ އެވެ.

ރައީސް ސޯލިހްގެ ސިއްރު ސިޓީއަކުން މޮރިސަސްއަށް ދިވެހި ގައުމުން ބައެއް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ ގިނަ އަދަދެއްގެ ރައްޔިތުން ގެންދަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ފާޑުކިޔަމުން ނެވެ.

ގުޅުންހުރި ލިޔުންތައް