ދެމަފިރިން ދިމާވާ ކޮންމެ ފަހަރަކު ’ލަވް ޔޫ‘ އަދި ’މިސް ޔޫ‘ ބުނަން ވާނެ: އިލްޔާސް
ދެންމެ | 28 އޮކްޓޯބަރ 2022

ދެމަފިރިން ދިމާވާ ކޮންމެ ފަހަރަކު ’ލަވް ޔޫ‘ އަދި ’މިސް ޔޫ‘ ބުނަން ވާނެ ކަމަށް ސެއިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

ސެއިިހް އިލްޔާސް ވިދާޅުވީ ލޯބިވާ ވާހަކަ ބުނުމަކީ ލޯބި އިތުރުވާ ކަމެއް ކަން މާތް ރަސޫލާގެ އިރުސާދުތަކުން އެގި ކަށަވަރުވާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ ފިރިމީހާ މަސައްކަތުގައި އުޅެފައި ޕްރެސަރުގައި ގެއަށް އައުމުން އަނބިމީހާގެ ފަރާތުން އޯގާތެރިކަމާއި ލޯބި ފާޅުވެގެންދާ ނަމަ ދިރިއުޅުން އިތުރަށް ބާއްޖަވެރިވެގެން ދާނެ ކަމަށެވެ.

ސެއިހް އިލްޔާސް ވިދާޅުވީ ފިރިމީހާ މަސައްކަތުގައި އުޅެފައި ޓެންސަނުގައި ގެ އަށް އަންނަ އިރު އަނބިމީހާ ނަލަ ހެދިގެން ފިރިމީހާއަށް މަރުހަބާ ކިޔައި ޓެންސަން ފުރީ ކޮށްދޭން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ލޯބި ފާޅު ނުކުރާ ނަމަ ދެމެފިރިންގެ ގުޅުން އިތުރަށް ބަދަހިވެގެން ނުދާނެ ކަމަށާއި ހަޔާތު ބައިވެރިޔާގެ ފަރާތުން ލޯތްބާއި އެކު ބުނެވޭ ކޮންމެ ބަހަކީ ސޮދަގާތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!