ފައިނޭންސަލް ކޮންޓްރޯލަރ ކަމަށް އާޒާދު އައްޔަން ކޮށްފި
ދެންމެ | 26 ސެޕްޓެމްބަރ 2022

ދައުލަތުގެ ފައިސާއާއިބެހޭ ކަންކަން ހިންގުމުގެ ގާނޫނު، ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބުނާ ފައިނޭންޝަލް ކޮންޓްރޯލަރ ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި މަގާމަށް އައްޔަން ކުރައްވާފައިވަނީ، ކުރިން ވެސް ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ، މުޙައްމަދު އާޒާދެވެ. އާޒާދަކީ މީގެ ކުރިން ސަރުކާރުގެ ކުންފުނިތައް ރިފޯމް ކުރުމަށް ކޮންސަލްޓެންޓެއްގެ ގޮތުގައާއި ސަރުކާރުގެ ކުންފުނިތަކުގެ ފައިނޭންޝަލް ކޮންސަލްޓެންޓްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރައްވާފައިވާއިރު، އިސްލާމިކް ބޭންކާއި އެންޓި ކޮރަޕްޝަން ކޮމިޝަންގައި ވެސް އިސް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އާޒާދަކީ ސީއެފްއޭ ޗާޓަރ ހޯލްޑަރެކެވެ. މީގެ އިތުރުން މާސްޓަރ އޮފް ސައިންސް އިން ފައިނޭންސް އަދި ބެޗެލަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އާޒާދު މި މަގާމަށް އައްޔަން ކުރައްވާފައި މިވަނީ، އެ މަގާމުގައި 2016 ވަނަ އަހަރުން ފެށިގެން ހުންނެވި ފާޠިމަތު ރަޒީނާ، އިތުރަށް ތައުލީމު ހާސިލު ކުރެއްވުމަށްޓަކައި އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!