ރައީސް ސޯލިހަކީ ރައްޔިތުންނަށް ލިބުނު މަލެއް: މެމްބަރު ރާޢީ
ދެންމެ | 28 އޮކްޓޯބަރ 2022

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންނަށް ލިބުނު ”ރަނެއް މަލެއް“ ފަދަ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރާއީ އިއްޔެރޭ ވިދާޅުވީ، މިހާރު ރާއްޖޭގައި މި ހިނގަނީ ދިވެހި ތާރީހުގައި ވެސް ދެކޭނެ އެންމެ އުޖާލާ އެއް ސަރުކާރު ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އެންމެ އޯގާތެރި އެއް ވެރިޔަކީ ރައީސް ޞާލިޙް ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށް ރާއީ ވިދާޅުވިއެވެ.

”ރައީސުލްޖުމްހޫރިއްޔާއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުންނަށް ލިބުނު ރަނެއް މަލެއްފަދަ ބޭފުޅެއް އިނގޭތޯ.“ ރާއީ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ރާއީ ވަނީ ރައީސް ޞާލިޙްގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ފާހަގަ ކުރައްވާފައެވެ. އަދި ރައީސްގެ ސިޔާސަތުތަކަށް ރާއީ ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

މީގެ އިތުރުން ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ޓެކްސް ބޮޑު ކުރުމުގެ މަސައްކަތްތަކަށް ތާއީދު ކުރައްވާކަމަށާއި އެކަމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!