މަރިޔަމް ނިޝާ އެމްޑީޕީއަށް ސޮއިކޮށްފި
ދެންމެ | 07 ނޮވެމްބަރ 2022

ދިވެހި ފިލްމުތަކުން އާއްމުންގެ މަޤްބޫލްކަން ހޯދާފައިވާ ކުރީގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ނިޝާ، ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ނިޝާ އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، މިދިޔަ ސެޕްޓެމްބަރުމަހު އޭނާ ވަނީ ޖުމްހޫރީ ޕާޓީއަށްވެސް ސޮއިކޮށްފައެވެ.

މަރިޔަމް ނިޝާ އެމްޑީޕީއަށް ސޮއިކުރިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ ޗެއަރޕާސަންގެ ނާއިބު އިބްރާހިމް ވަހީދު ކުރެއްވި ޓްވީޓެއްގައެވެ.

އެހެން ޕާޓީތަކެކޭ އެއްގޮތަށް އެމްޑީޕީންވެސް ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީ ވަރުގަދަކުރުމަށް ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ޕާޓީގެ އެތެރޭގެ އިންތިހާބަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!