ރައީސް ނަސީދު ވަކިކުރަން ސްޕްރީމް ކޯޓަށް ހުށަޙެޅީ ސަރުކާރުން މުގުލުގައި ތިބެ: ހަސަން ލަތީފް
ދެންމެ | 09 ނޮވެމްބަރ 2022

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމުގެ ފަހަތުގައި އޮތީ ސަރުކާރު ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މަޖިލިސް ތަމްސީލު ކުރައްވާ ދާއިރާ ކަމަށްވާ މައްޗަންގޯޅި މެދު ދާއިރާ ކަމުގެ މެމްބަރު ކަމުން އެމަނިކުފާނު ވަކިކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ގާނޫނީ ވަކީލް އަހްމަދު ތޯލިބް އެވެ.

ތޯލިބް ހުށައެޅި މައްސަލައާއި ގުޅިގެން ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު މެމްބަރުކަމުން ވަކި ކުރުމަށް މަޖިލިސް ތެރެއިން އަދަދު ހަމަނުވުމުން މިހާރު އެ މަސައްކަތް ފަށާފައިވަނީ ކޯޓް މެދުވެރިކޮށް ކަމަށެވެ، އެގޮތުން ސުޕްރީމް ކޯޓް މެދުވެރިކޮށް ނަޝީދު މަޖިލިސް މެމްބަރު ކަމުން ވަކި ކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި މައްސަލައިގެ އަޑީގައި ސަރުކާރުގެ ހިއްސާ އޮތް ކަމަށް ހަސަން ލަތީފް ސިފަކުރެއްވިއެވެ.

ރައީސް ނަޝީދު އެހެން ގައުމެއް ތަމްސީލު ކުރުމަށް، ކޮޕް ކޮންފަރެންސްގައި ބައިވެރުވުމާއި ގުޅޭގޮތުން ގާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ސުވާލު އުފައްދަވަ އެވެ. މި މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވިދާޅުވީ، ބޭރުގެ އެހެން ގައުމެއްގެ ޑެލެގޭޝަން ނުވަތަ އެ ވަފުދުގައި ބައިވެރިވުމަށް މަޖިލީހުގެ ރައީސަށް ގާނޫނު އަސާސީން ތަނެއް ނުދެ އެވެ.

ރައީސް ނަޝީދުގެ ދިފާއުގައި އެމަނިކުފާނާއި އަރިސް މެމްބަރުން ތެދުވުނު ނަމަވެސް، ގިނަ ބަޔަކު ދެކޭ ގޮތުގައި، މިއީ އެއަށް ވުރެ ބޮޑަށް ގާނޫނީ ސުވާލުތަކެއް އުފެދޭ މައްސަލައެކެވެ. ރައީސް ނަޝީދު ކޮޕްގައި އެހެން ގައުމެއް ތަމްސީލު ކުރުމާއި މެދު ސުވާލު އުފެދުނު އިރު އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ފޮރިން މިނިސްޓަރުކަން އަދާ ކުރަމުން ޝާހިދަށް ކުރެވިދާނެ ތޯ ވެސް ގާނޫނީ ސުވާލުތަކެއް އުފެދުނެވެ.

މި މައްސަަލައިގައި ރައީސް ނަޝީދުގެ މަގާމު ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން އެދި ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން މައްސަލަ ބަލައިގަތުމާއި މެދު ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!