ނައިބު ރައީސް މިޞްރުގައި ކިޔަވަމުންދާ ދިވެހިންނާއި ބައްދަލުކުރައްވައިފި
ދެންމެ | 09 ނޮވެމްބަރ 2022

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދަރިވަރުންގެ ހާލު އޮޅުންފިލުއްވައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްދާގޮތް އޮޅުންފިލުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިދަރިވަރުން ވަނީ ސްޓޫޑެންޓް ލޯނާ ގުޅިގެންނާއި އަދި އެނޫންވެސް ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދަރިވަރުންގެ ފަރާތުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިޞްރަށް ވަޑައިގެން އުޅުއްވަނީ މިޞްރުގެ ޝަރްމުއްޝެއިޚްގައި ކުރިޔަށްދާ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނޭ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27)ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!