ގަރާޖްތައް ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުކުރުމަށް ސިޔާމް ގޮވާލައިފި
ދެންމެ | 10 ނޮވެމްބަރ 2022

މާލޭ ތެރޭ ހިންގާ ގަރާޖުތަކާއި ކުރާ ސިނާއީ މަސައްކަތްތައް މީހުން ދިރިއުޅޭ ތަންތަނާ ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ގޮވައިލައްވައިފިއެވެ.

ރޭ ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ސިޔާމް ކުރެއްވި ޓްވީޓެއްގައިވަނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންނަށް ހެޔޮ ގޮތް މިންވަރުކުރެއްވުން އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އެއާއެކު ވީހާވެސް އަވަހަކަށް ސިނާއީ މަސައްކަތްތައް ކުރާ ތަންތަން ބަދަލުކުރުމަށް ގޮވައިލެއްވިއެވެ.

”އަދި ވީހާ ވެސް އަވަހަކަށް ސިނާއީ މަސައްކަތްތައް ކުރާ ތަންތަން އާންމުން ދިރިއުޅޭ ހިސާބާ ދުރުކުރުމަށް ސަރުކާރަށް ގޮވައިލަން،“ ސިޔާމްގެ ޓްވީޓުގައިވެއެވެ.

މ. ނިރުފެހީގައި ހިންގާ ގަރާޖެއްގައި އަލިފާން ރޯވެ، 10 މީހުންވަނީ މަރުވެފައެވެ. ދެން ފެނުނު މީހާ އޮތީ ވެންޓިލޭޓަރުގައެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން ފުރަތަމަ ބުނީ މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހަދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ދަންވަރު 00:30 ހާއިރު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!