މި ސަރުކާރު ސުލޯ ކަމަށް ބުނާނީ ދެބަންދިހާރަވެފައި ތިބި ބައެއް: ފައްޔާޒު
ދެންމެ | 13 ނޮވެމްބަރ 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރު ”ސްލޯ“ ކަމަށް ބުނާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ރައްދު ދެއްވައިފިއެވެ.

ސަރުކާރަށް 4 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު އެދިވަޑައިގެންނެވީ، މި ސަރުކާރު ސްލޯ ކަމަށް ބުނާ ފަރާތްތަކުން ކޮފީ މޭޒުގައި އެ ވާހަކަ ދައްކަން ނުތިބެ، ރާއްޖޭގެ ރަށްރަށަށް ގޮސް އެ ރަށްރަށުގައި ހިނގާ ތަރައްގީ ބަލާލުމަށެވެ.

އަދި މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކުރެވިފައި ނުވާކަންކަން މި ސަރުކާރުން ރަށްރަށުގައި ކޮށް އެ ނިންމަނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މީގެ ކުރީ ސަރުކާރަކުން ކޮށްފައިނުވާހާ ގިނަ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ކުރުން ނޫންކަމަށާއި ސަރުކާރުން އިސްކަންދެނީ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް ކަމަށެވެ.

އަދި، ރައްޔިތުންނަށް އެންމެ ބޭނުންވާ މިނިވަންކަން ޔަގީންކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި އެއްވެއުޅުމާއި ހިޔާލު ފާޅުކުރުންފަދަ ކަންކަން މިހާރު ހުޅުވާލެވިފައިވާތީ، ކުރިން އެ ފުރުސަތު ނެތް އިރުގެ ހަނދާން މިހާރު ގިނަ މީހުން ނުވާކަމަށް ވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ފައްޔާޒުވަނީ މި ސަރުކާރުން އެކި ދާއިރާތަކަށް ގެނެސްފައިވާ ތަރައްގީއާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވާފައެވެ. އަދި ބައެއް މަޝްރޫއުތަކުގެ އަދާހަމަވެސް ވަނީ ވިދާޅުވެދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!