ޓެކްސް ބޮޑު ކުރުމާއި ދެކޮޅަށް މަޖިލިސް ކައިރީ މުޒާހަރާ ކުރަން ފަށައިފި
ދެންމެ | 14 ނޮވެމްބަރ 2022

ބައެއް ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް މިއަދު ވޯޓަށް އަހަން ތާވަލް ކުރުމުން އިދިކޮޅު ޕީޕީއެމް އިން މަޖިލިސް ކައިރިއަށް އެއްވެއްޖެއެވެ.

މުޒާހަރާއަށް އެއްވި މީހުންގެ ތެރެއިން އެކަކު މިހާރު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިންނަށް މަޖިލިސް ކުރާގެ އާއި ކައިރި ނުވެވޭނެ ގޮތައް ފުލުހުން މަޖިލީހުގެ ވަށައިގެން ހަރަކާތްތެރިވަމުން އެބަދެއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރުމަށާއި އަދި ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑުކުރުމަށެވެ. މިބިލް މިއަދު ފާސްކޮށް އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށަން ސަރުކާރުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!