ދިވެހިން ހިލޭ ވޯލްޑްކަޕް ބެލިޔަ ނުދޭން ގާސިމާއި އަކުރަމާއި އޭޑީކޭ ނާސިދު ފޫގަޅައިލައިފި
ދެންމެ | 15 ނޮވެމްބަރ 2022

އަންނަ އާދިއްތަ ދުވަހު ގަތަރްގައި ފަށާ ފީފާ ވޯލްޑް ކަޕް 2022، ދިވެހިންނަށް ބޮޑު ސްކްރީންގައި ހިލޭ ބެލޭނެ ގޮތް ހުއްޓުވަން މީޑިއާނެޓް ނުކުމެއްޖެއެވެ.

މީޑިއާނެޓްގެ ހިއްސާދާރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ހިމެނިވަޑައިގަންނަވައެވެ.

ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑް ކަޕް މެޗުތައް ބެލުމުގެ މަސައްކަތް ކުރުމުގައި އިސްކޮށް އުޅޭ މީހުންނަށް މީޑީއާނެޓުން އަންނަނީ ވަކިވަކިން ސިޓީ ފޮނުވަމުންނެވެ.

މީޑީއާނެޓުން ފޮނުވަމުން އަންނަ ސިޓީގައި ބުނެފައިވަނީ ޕީޕާ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖޭގެ ސަރަހައްދުގައި ދެއްކުމަށް ބޭނުންވާ ”މީޑިއާ ރައިޓްސް ލައިސެންސް“ ފީފާގެ ފަރާތުން ލިބިފައިވަނީ މީޑިއާނެޓަށް ކަމަށެވެ.

އަދި ފީފާގެ ހުއްދައާ އެކު މީޑިއާނެޓުން ފީފާ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖޭގެ ސަރަހައްދުގައި ދެއްކުމުގެ ސަބްލައިސަންސް ދީފައި ވަނީ ޕީއެސްއެމް، ރާއްޖެ ޓީވީ އަދި އައިސް ޓީވީ އަށް ކަމަށް ބުނެފައިވެއެވެ.

ސިޓީ ހޯޓާ، ރެސްޓޯރަންޓު ފަދަ ވިޔަފާރިތަކުން މުބާރާތުގެ މެޗުތައް ދެއްކުމަށް ބޭނުންވާ ކޮމާޝަލް ހުއްދަ އެކަމަށް އެދޭ ފަރާތްތަކަށް މީޑިއާނެޓުގް ފަރާތުން ދޫކުރާނެ ކަމަށް ބުނެފައިވެއެވެ.

ސްޓްރީމިންގ ނުވަތަ ފްރީ-ޓު-އެއާރގެ ގޮތުގައި ފީފާ ވޯލްޑް ކަޕްގެ އެއްވެސްް މެޗެއް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަކީ ސަބްލައިސެންސް ދީފައިވާ ފަރާތްތަކަށްވެސް ހުއްދަ ކަމެއް ނޫން ކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ.

އަދި މުބާރާތުގެ އެއްވެސް މެޗެއް ސޯޝަލްމީޑިއާގެ އެއްވެސް ވަސީލަތަކުން ނުވަތަ އިންޓަނެޓް ގެ ޒަރީޢާއިން ބޭނުންކުރެވޭ އެއްވެސް ވަސީލަތަކުން ވަގުތުން ދެއްކުމަކީވެސް މަނާ ކަމެއް ކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ.

”ސަބްލައިސެންސް ދައްކާފައިވާ ފަރާތްތަކުގެ ފީޑް ބޭނުން ކޮށްގެން ޕަބްލިކް ސްކްރީނެއްގައި އާއްމުންނަށް ހުޅުވާލައިގެން ފީފާ ވޯލްޑް ކަޕް ގެ މެޗުތައް މީޑިއާނެޓްގެ ހުއްދަނެތި ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަކީ ވެސް މަނާ ކަމެކެވެ.“ މީޑިއާނެޓުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން މީޑިއާނެޓްގެ ހުއްދަ ނެތި އެއްވެސް މީޑިއަމެއް ބޭނުން ކޮށްގެން ފީފާ ވޯލްޑް ކަޕްގެ މެޗުތައް ލައިވް ކުރުމަކީ މަނާ ކަމެއް ކަމަށް އެ ތަނުން ބުންޏެވެ. އެކަން އެގޮތަށް ކޮށްފި ނަމަ، އެއީ ފާގެ ގަވާއިދުތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާ ތަކާއި ހިލާފް އަދި ރާއްޖޭގެ ގާނޫނު ތަކާއިވެސް ޚިލާފް ކަމެއް ކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ.

އަދި އެގޮތަށް ކަންތައް ކުރާ ފަރާތްތަކާ މެދުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!